Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޝަރުޢީ ދާއިރާ

އާރަށް މައްސަލައިގައި ރައީސް ޔާމީންގެ އިސްތިއުނާފް ހައިކޯޓުން ބަލައި ނުގަންނަން ނިންމައިފި

އާރަށް މައްސަލައިގައި ރައީސް ޔާމީންގެ އިސްތިއުނާފް ހައިކޯޓުން ބަލައި ނުގަންނަން ނިންމައިފި
ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ވ. އާރަށް ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން އުފުލައިފައިވާ ދައުވާތަކުގެ އަޑުއެހުމެއްގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުމެއް އިސްތިއުނާފު ކުރަން ކުރީގެ ރައީސް ، ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލަ ބަލައި ނުގަންނަން ނިންމަވައިފިއެވެ. މި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކުގެ އިތުރަށް ދައުވާ ލިބޭ އަނެއް ފަރާތް ، ޔޫސުފް ނައީމްގެ ހުށަހެޅުންތައް ގާޒީ ދެއްވި މުއްދަތުގެ ފަހުން ހުށަހަޅައިފައިވާ ކަމަށް ނިންމައި ، އެ ހުށަހެޅުންތައް ވެސް ވަނީ ބޭރުކޮށްލައިފައެވެ. ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ގާޒީ ފުރުސަތު ދެއްވީ މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރާ ގާނޫނުގައި ހިމެނޭ މުއްދަތަށެވެ. އެ ގާނޫނުގައި މުއްދަތު ގުނާއިރު ރަސްމީ ބަންދު ދުވަސްތައް ހިމަނައެވެ. ޔާމީންގެ ފަރާތްޕުޅުން މިދިޔަ ހަފްތާގައި ހުށަހެޅި ހުށަހެޅުމާ ގުޅިގެން ހައިކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމަވައިފައި ވަނީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުން ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވުމުން, ހައި ކޯޓުގެ ރެޖިސްޓްރާ ވަނީ އެ މައްސަލަ ބަލައި ނުގަތުމަށް ނިންމަވައިފައެވެ. ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ, ދަށު ކޯޓުގެ ނިންމުމެއް ހައި ކޯޓުގައި އިސްތިއުނާފް ކުރެވޭނީ އެ ނިންމުގައި ގާނޫނާ ޚިލާފުވެފައިވާކަމަށް ނުވަތަ ގާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރި ނަމައެވެ.

ނަމަވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި މައްސަލައިގައި އެ ފަދަ ހާލަތެއް އޮތްކަމަށް ބަޔާންކޮށްފައި ނުވާ ކަމަށް ރަޖިސްޓްރާގެ ނިންމުމުގައި ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް