ކޮވިޑުން އަރައިގަތުމަށް ރާއްޖެއިން ހޯދި ކާމިޔާބީން އެހެން ޤައުމުތަކުން މިސާލު ނަގާކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ، ކޮވިޑުން އަރައިގަނެ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިން އޮތް ހިސާބަކަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ހާލަތު މިހާރު ވަރަށް ބޮޑުތަަން ރަނގަޅުވެފައިވާ ކަމަށާއި އެހެން ޤައުމުތަކުން ދިވެހިރާއްޖޭގެ ވާހަކަ އެނގެން ބޭނުންވާ ކަމަށް ވެސް ވިދާޅުވިއެވެ.
ހަމައެއާ އެކު މިނިސްޓަރު ބައިވެރިވެލައްވާ ބައްދަލުވުންތަކުގައި ރާއްޖެއިން ކޮވިޑު ތެރޭގައި ހޯދި ކުރިއެރުންތަކާ ގުޅޭ ގޮތުން ގިނަ ބަޔަކު ސުވާލު ކުރާ ކަމަށް ވިދާޅުވިއެވެ.
ރާއްޖެ ފާހަގަ ކުރެވިފައި ވަނީ ކޮވިޑުގެ ހާލަތުގެ ތެރެއިން ބޯޑަރު ހުޅުވައިލާ ފަތުރުވެރިންނަށް އެންމެ އަވަހަށް މަރުހަބާ ކީ އެއް ގައުމުގެ ގޮތުގައެވެ.
 
   
  
                                                    
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
