ދުނިޔެ

ހޮންކޮންގްގައި ރިކޯޑް މިންވަރަކަށް ކޮވިޑް ފެތުރެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހޮންގް ކޮންގުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެ، މިއަދު 1,000އަށް ވުރެ ގިނަ މީހުން އަލަށް ފައްސި ވެއްޖެއެވެ.

Ads by WAMCO

މިއީ ފާއިތުވި ދެ މަސް ދުވަހަށް ބަލާއިރު، ރެކޯޑު އަދަދެކެވެ. ހޮންގް ކޮންގުގައި ކޮވިޑް ޖެހިގެން މިއަދު ރިޕޯޓު ކޮށްފައިވާ 971 މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި، އެ މީހުންގެ ޢާއިލާތަކުގެ އެހެން މެންބަރުން ހިމެނޭ ކަމުގައި އެ ސިޓީގެ ޑިޕާޓްމަންޓް އޮފް ހެލްތުން ބުންޏެވެ.

މިއަދު ރިޕޯޓު ކޮށްފައިވާ އަދަދުގެ ތެރެއިން ދެން ކޮވިޑް ޖެހިފައި ވަނީ ހޮންގކޮންގަށް މިއަދު އެތެރެވި 76 މީހެކެވެ. މިހާ ހަލުވިކަމާ އެކު ކޮވިޑު ފެތުރެން ފެށުމާ އެކު އެ ސިޓީގައި ވަނީ ރައްކާތެރިކަމުގެ ފިޔަޅުތައް ވަރުގަދަކޮށްފައެވެ. މި ގޮތުން، ކޮވިޑް ޖެހޭ މީހުންގެ ތެރެއިން ވަކީން އެކަހެރިވުމަށް ނުކުޅެދޭ މީހުން ސަރުކާރުން ހިންގާ އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިޔުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

މި އަހަރު ފެށުނު ފަހުން ހޮންގް ކޮންގުގައި ކޮވިޑް-19ގެ ވޭދަނަތަކުގެ އަދަދު ވަނީ މަތިވާން ފަށައިފައެވެ. ނަމަވެސް، މިއީ އައު ވޭރިއަންޓަކާ ގުޅިގެން އިތުރު ވަމުންދާ އަދަދުތަކެއް ނޫން ކަމަށް އެ ސިޓީގެ ޑިޕާޓްމަންޓް އޮފް ހެލްތުން ބުނެއެވެ. ވޭދަނަތަކުގެ އަދަދު އިތުރުވުމާ އެކު، މި ބަލީގައި ޞިއްޙީ ހާލަތު ގޯސްވާ މީހުންނާއި، މަރުވާ މީހުންގެ އަދަދު ވެސް މި ވަނީ އިތުރުވާން ފަށައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!