Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޝަހީމްގެ ހަމަލާއެއް ތަސްމީނަށް: ކޮންމެ ވެސް ބަޔަކު ރިޓަޔަރވެގެން ޒުވާނުންނަށް ފުރުސަތު ދޭން ޖެހޭ

ޝަހީމްގެ ހަމަލާއެއް ތަސްމީނަށް: ކޮންމެ ވެސް ބަޔަކު ރިޓަޔަރވެގެން ޒުވާނުންނަށް ފުރުސަތު ދޭން ޖެހޭ
ކޮންމެ ވެސް ބަޔަކު ރިޓަޔަރވެ ޒުވާން ޖީލަށް މަގު ހުޅުވައިލާން ޖެހޭ ކަމަށް ވިދާޅުވެ، ޑީއާރުޕީގެ ކުރީގެ ރައީސް ތަސްނީމް އަލީއަށް، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ފާޑު ވިދާޅުވެއްޖެއެވެ. ޝަހީމް މިހެން ވިދާޅުވެފައި ވަނީ، ދިވެހި ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުގެ މަޤާމަށް ތަސްމީން އަލީ އައްޔަންކުރެއްވުމަށްޗޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް މަޖިލީހަށް ހުށަހެޅުއްވުމުންނެވެ. ޝަހީމްގެ ޚިޔާލަށް ޓްވިޓަރގައި ގިނަ ބަޔަކު ވަނީ ތާއީދުކޮށްފައެވެ. މިގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އިޔާޒް ވިދާޅުވީ، އެއީ ވަރަށް ރަނގަޅު ޚިޔާލެއް ކަމަށެވެ. އަދި އަނބިމީހާ އިސްތިއުފާ ދިނީމާ ފިރިމީހާއަށް އެފަދަ މަގާމެއް ހަމަޖައްސައިދޭން ޖެހޭ އުޞޫލު ބަލައި ނުގަނެވޭ ކަމަށް ވިދާޅުވިއެވެ.
ޚިޔާލުފާޅު ކުރި އެހެން ފަރާތަކުން ވަނީ ސަރުކާރުގެ މަޤާމުތަކުގައި ކޮންމެ ސަރުކާރެއް އަޔަސް އެއްބަޔަކު ތިބޭ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް