ޚަބަރު

ބިދޭސީން ތިބީ ގަބުރު ފެންނާތީ ބަންދުކުރި މިސްކިތެއްގައި: ކައުންސިލް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދައުރުވަމުންދާ ވީޑިއޯގައި ފެންނަ މިސްކިތަކީ، ގަބުރު މަތީގައި ބިނާކޮށްފައިވާ ތަނަކަށް ވާތީ މެއި 2018އިން ފެށިގެން ނަމާދުކުރާ ތަނެއް ނޫން ކަމަށް ފ. ދަރަނބޫދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.

Ads by MWSC

ދަރަނބޫދޫ ކައުންސިލްގެ ނައިބު ރައީސް އާދަމް ހަލީމް އޮންލައިން މީޑިއާއަކަށް ވިދާޅުވީ މިއީ އެ ތަނުގައި ބަޔަކު ބޭތިއްބި ފުރަތަމަ ފަހަރު ނޫން ކަމަށެވެ. އަދި އެ އިމާރާތުގައި މީހުން ބައިތިއްބަން އެތަން ކުއްޔަށް ދޫކުރާތާ މިހާރު ދެ އަހަރު ވެދާނެ ކަމަށާއި، މީގެ ކުރިން ބަނދަރުގެ މަސައްކަތް ކުރުމަށް އެމްޓީސީސީން ގެނައި މީހުން ވެސް ބޭތިއްބީ އެ ތަނުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަމާދުކުރުން ހުއްޓާލައި އެތަން ބޭނުންކުރަން މަސައްކަތްކުރީ، ގުރުއާން ކްލާހެއްގެ ގޮތުގައެވެ. އެކަމަކު، އެ އަތޮޅު ނިލަންދޫން މީހަކު ގެންގޮސްގެން ވެސް ދެމެހެއްޓެނިވި ގޮތެއްގައި އެކަން ގެންދެވޭ ގޮތެއް ނުވުމުން، އެކި ބޭނުންތަކަށް ބައު މިސްކިތުގެ އިމާރާތް ބޭނުންކުރަން ފެށީ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ ނަރުދަމާގެ މަސައްކަތަށް ގެނައި އިންޑިއާ މީހުން އެތަނުގައި ތިބޭތާ އަދި ދެ މަސް ނުވާނެ ކަމަށެވެ. މިހައިތަނަށް ވެސް ރަށުގެ އެއްވެސް މީހަކު އެކަމާ ޝަކުވާއެއް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!