ޚަބަރު

ރިޔާސީ އިންތިޚާބުގައި ޝިޔާމް ވާދަކުރައްވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް މުހައްމަދު އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.

Ads by STELCO

އެމްޑީއޭއަކީ ނިމިދިޔަ ، ރައީސް ޔާމީންގެ ވެރިކަން ނިމުމާ ހަމައަށް ވެސް ކޯލިޝަންގައި އޮތް ހަމައެކަނި ޕާޓީއެވެ. ނަމަވެސް ވެރިކަން ނިމުމަކަށް އައުމާ އެކު ރައީސް ޔާމީނާ އެކު ޝިޔާމް މާ ގާތް ގުޅުމެއް ބާއްވައިފައެއް ނުވެއެވެ.

ޝިޔާމް ނިސްބަތްވާ އެމްޑީއޭއިން އަންނަނީ އެ ޕާޓީގެ މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 10،000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް އެ ޕާޓީން ކުރަމުން އަންނަކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އެމްޑީއޭގެ އިސްފަރާތްތަކާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެމްޑީއޭއިން އަންނަނީ 10،000 މެމްބަރުން ހަމަކޮށް ބޮޑު ޖަލްސާއެއްގައި ކެނޑިޑެސީ އިއުލާންކުރުމަށް މަސައްކަތް ކުރަމުންނެވެ.

އެމްޑީއޭއިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފައި ވަނީ އެހެން ޕާޓީއަކާ ކޯލިޝަން ހަދައިގެނެއް ނޫނެވެ. އަދި އެ ޕާޓީން ވަރަށް އަވަހަށް ބާއްވާ އޯޑިނަރީ ކޮންގްރެސްއެއްގައި ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ޝިޔާމުކަމަށް ކަނޑައަޅައި އެކަން ޕާޓީން ރަސްމީކޮށް އިއުލާންކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ads by Allied Insurance
  1. މަގެ ޝިޔާމް ބެ މަގެ ވޯޓް ! ޝިޔާމް ރަގަޅުވާނެ !