ޚަބަރު

ލިފްޓު ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާކުރި މީހާ ހޯދަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފުލުހުންގެ ތަހުގީގަށް މީހަކު ހޯދުމަށް އާންމުންގެ އެހީއަށް އެދިއްޖެއެވެ.

Ads by Sosun Fihaara

ފުލުހުން ވީޑިއޯއާ އެކު އާއްމުކޮށް ހޯދަން އިއުލާންކުރި މީހާއަކީ ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ފެމިލީ އެންޑް ޖެންޑަރ އެފެއަރޒް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހެއް ކަމަށް ވިދާޅުވިއެވެ.

ވީޑިއޯގައި ފެންނަ މީހާއަކީ ހެންވޭރު ގެއެއްގެ ލިފްޓް ތެރޭގައި އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މީހާ ކަމަށް މައުލޫމާތު ލިބެއެވެ.

ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފެމިލީ އެންޑް ޖެންޑަރ އެފެއަރޒް ޑިޕާޓްމަންޓްގެ ނަންބަރު 9790163އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

Ads by HDC
  1. ޭއެމީހާ

    މިކަހަލަ ކަމެއް ކުރާ މީހެއްގެ މޫނު ފެންނަވަރު ވީޑިއޯ އެއް ދުވަހަކު ވެސް ލިބޭކަމަކަށް ނުވާނެ. މީހާވެސް ހޯދޭ ކަމަކަށް ނުވާނެ.