Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޔޯގާ ހަމަނުޖެހުން: ފުލުހުން ކަންތައްކުރި ގޮތުން ސީޕީގެ ކަންބޮޑުވުން

ޔޯގާ ހަމަނުޖެހުން: ފުލުހުން ކަންތައްކުރި ގޮތުން ސީޕީގެ ކަންބޮޑުވުން

ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލަގައި ފުލުހުން ކަންތައް ކުރި ގޮތުން ސީރިޔަސް ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ސީޕީ ހަމީދު ވިދާޅުވީ، ސީރިއަސް ސެކިއުރިޓީ ބްރީޗަކަށް ދިއުމުގައި ފުލުހުންގެ ފަރާތުން ކަންކަން ހިނގާފައިވާ ގޮތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. އެހެންކަމުން، އެ އޮޕަރޭޝަން ކުރިއަށް ދިޔަ ގޮތުގެ އިންޓާނަލް ރިވިއުއެއް ހަދަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ބޭރު ޤައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުންގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ބައިވެރިވި މި އިވެންޓްގެ ތެރެއަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގައިފައިވާ އިރު، އެ ސަރަހައްދުގައި ސެކިއުރިޓީ ބެލެހެއްޓުމަށް ހަރަކާތްތެރިވެފައިވަނީ މަދު ފުލުހުންތަކެކެވެ.

Advertisement
Allied Insurance — Square (box)

ސީޕީ ވިދާޅުވީ، ހިނގައިދިޔަ ކަންކަމާ ގުޅިގެން ކަމާ ގުޅުން ހުރި އިދާރާތަކުން ކުރިއަށްގެންދާ އިންކުއަރީތަކަށް ވެސް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށެވެ. ހަމައެއާ އެކު، މި ޙަރަކާތުގެ ތެރެއިން ހަމަނުޖެހުން އުފެއްދި ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމުގެ އިތުރުން، ފުލުހުންގެ އޮޕަރޭޝަންތައް މިހާރަށް ވުރެ ރަނގަޅު ކުރުމަށް ވެސް މަސައްކަތް ކުރައްވާނެކަމަށް ސީޕީ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް