ޚަބަރު

ޝައިޚް ނިޝާންގެ ދިފާއުގައި މާމެންދޫ ކައުންސިލް: އެއީ ރައްޔިތުންގެ ލޯބި ލިބިފައިވާ ދީނީ ޢިލްމުވެރިއެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޯގާ ދުވަސް ފާހަގަ ކުރަނިކޮށް އެކަމަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދީނީ އިލްމުވެރިޔާ، ޝައިޚް އާދަމް ނިޝާންގެ ދިފާއުގައި، އޭނާގެ އުފަން ރަށް، ލ.މާމެންދޫގެ ކައުންސިލުން ތެދުވެއްޖެއެވެ.

Ads by Sosun Fihaara

މާމެންދޫ ކައުންސިލްގެ ހުރިހައި މެންބަރުން ސޮއިކުރައްވައި، މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ, ޝައިޚް ނިޝާނަކީ ގިނަ އަދަދެއްގެ ރައްޔިތުންގެ ލޯބި ލިބިފައިވާ އަދި ދީނީ ކަންކަން ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމުގައި އަރައި ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި އޭނާއަކީ ހަރުކަށި ފިކުރު އާލާ ކުރެއްވުމަށް މަސައްކަތް ކުރައްވާ ފަރާތެއް ނޫން ކަމަށާއި ދީނަށް ޓަކައި ސާބިތުކަމާ އެކު ހުންނެވި ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުމާ ގުޅިގެން އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ރޭ އިޝާ ނަމާދަށް، އޭނާގެ ދަރިފުޅާ އެކު ވަޑައިގަންނަވަނިކޮށެވެ.

މިކަމަށް އިޝާރާތް ކުރައްވައި ކައުންސިލްގެ ބަޔާނުގައި ވިދާޅުވީ، ޝައިޚް ނިޝާން ހައްޔަރުކުރި ވަގުތު ކަން ހިނގާ ދިޔަ ގޮތަކީ މި ސަރުކާރުގެ އިސްވެރިންގެ ހިތްތަކުގައި ދީނަށް އޮންނަ ގަދަރު ހާމަވެގެން ދިޔަކަމެއް ކަމަށެވެ. އަދި ނިޝާން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ކަމާ ބެހޭ އިދާރާތަކަށް ވަނީ ގޮވާލައިފައެވެ. މީގެ އިތުރުން ޝައިޚް ނިޝާނާއި ޝައިޚް ފަޒްލޫން ހައްޔަރުކުރުން ކުށްވެރިކޮށް، އެ ދެ ފަރާތަށް ކެތްތެރިކަން ދެއްވުމަށް އެދި އެ ބަޔާނުގައި ވަނީ ދުއާ ދަންނަވައިފައެވެ.

Ads by Allied Insurance
  1. ހައްގު،ހައްގުބަސް

    ހަމަކަށަވަރުން ވެސް އކސްލާމް ދީނުގެ އަދުއްވުން ބަލިވާނެ އެބައިމީހުން ނެތުމުގެ ތެރެއިން އުފެއްދެވި ފަރާތުގެ އަދުއްވުންނާއި އަދުއްވުންނަށް ތަބާވާ މީހުންނޭވެ އައްޅޯހު ތައާލާގެ ކޯފާޔަށް ބިރުވެތިވާށެވެ އެކަނލާގެ އީ ކުންފަޔަކޫންގެ ވެރިރަސްކަނލާގެ ކަންދައްނާ ށެވެއެކަނލާގެ އަދުއްވުންނަށް ދޫދެއްވުމަށްފަހު ހިއްޕަވާނެކަން ވެސް ދައްނާށެވެ ހުރިހާ އިޅްމުވެ ރިން ދޫކޮއްލާ

    • ރޯނުއެދުރު

      ﷲ މިގޮތަށް ލިޔަން ފުރަތަމަ ދަަސްކޮށްބަލަ، ރަޙްމާނުވަންތަ އިލާހުގެ އިސްމަފުޅު.

  2. ޙާސީ

    ސްޕޯޓްސް (ޝިރުކު) ޔޯގާ
    ސްޕޯޓްސް ރާ
    ސްޕޯޓްސް ޒިނޭ
    ސްޕޯޓްސް އެއްޖިންސުން ގުޅުން ހިންގުން
    ކިހާ ބޮޑު ކަމެއްމީ… ކޮބައްޔޮ އިސްލާމިކް މިނިސްޓަރ

  3. ޙަސަން

    ބަޔަކަށް ހަމަލަދެން ދާނީ ހަރުކަށިފިކުރުގެ މީހުން