Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އައިޑީ ކާޑްގެ އައު ޑިޒައިނެއް ހަދައިގެން 200،000 ރުފިޔާ

އައިޑީ ކާޑްގެ އައު ޑިޒައިނެއް ހަދައިގެން 200،000 ރުފިޔާ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލުކުރަން ނިންމައި، އެ ކާޑު ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)އިން އިއުލާންކޮށްފިއެވެ.

މިހާރު ބޭނުންކުރާ އައިޑީކާޑަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި 1980ގެ ތެރޭގައި ބޭނުންކުރަން ފެށި ކާޑެކެވެ.

ޑީއެންއާރުން ކުރި އިޢުލާނެއްގައި ވަނީ މިހާރު ބޭނުންކުރާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލުކޮށް ސަލާމަތީގޮތުން ފުރިހަމަ އިތުބާރާ ޔަޤީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާރސްތަކާ އެކު ސްމާޓް އައި.ޑީ ކާޑެއް ތަޢާރަފުކުރުމަށް ނިންމަވައިފައިވާ ކަމަށެވެ. އެހެންކަމުން މި ކާޑު ފަރުމާކުރުމަށް އެދޭ ފަރާތްތަކުން އެ ޑިޕާޓްމަންޓަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވައިލައިފައެވެ.

Advertisement
Allied — Dhen Online (box)

އައިޑީ ކާޑު އެންމެ ފުރިހަމައަށް ޑިޒައިންކުރާ ފަރާތަކަށް 200،000ރ.ގެ އިނާމެއް ވެސް ލިބެއެވެ. އަދި އައިޑީ ކާޑު ޑިޒައިންކުރާ ޝޯޓްލިސްޓްވާ ތިން ފަރާތަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ރަސްމީ ލިޔުމެއް ވެސް ލިބޭނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް