Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ސަފީރަކަށް ތަސްމީން އައްޔަންކޮށްފި

ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ސަފީރަކަށް ތަސްމީން އައްޔަންކޮށްފި

ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމުގެ މަޤާމަށް ހ.ރުވާމާގޭ އަހުމަދު ތަސްމީން އަލީ އައްޔަންކުރަން މަޖިލީހުން ރުހުންދީފިއެވެ

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވައިފައިވާ، ތަސްމީން އަލީއަކީ ޑީއާރުޕީގެ ލީޑަރުގެ މަޤާމުވެސް ފުރުއްވައިފައިވާ ބޭފުޅެކެވެ.

ސިންގަޕޫރުގެ ސަފީރުކަމުގެ މަޤާމަށް ތަސްމީން އައްޔަން ކުރައްވަނީ އެ މަޤާމުގައި މިހާރު ފުރުއްވަމުންދާ އިބްރާހިމް ޝަހީބްގެ ބަދަލުގައެވެ. ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމަށް ތަސްމީން އައްޔަންކުރުމަށް ރުހުންދޭން ފެންނަކަމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ވޯޓުންނެވެ.

Advertisement
Ooredoo — Square (box)

ތަސްމީނަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ ތަސްމީނާ އިންޓަވިއުކޮށްފައެވެ. ކޮމިޓީގެ ރިޕޯޓުގައި ބުނެފައި ވަނީ ތަސްމީނަކީ ކަމާގުޅޭ ދާއިރާތަކުގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަމަށާއި، އޭނާއަކީ މަގާމަށް އައްޔަން ކުރަން އެކަށީގެންވާ ބޭފުޅަކަށް ވާތީ އޭނާއަށް ރުހުން ދިނުމަށް ފެންނަކަމަށެވެ.

ސިންގަޕޫރު ސަފީރުކަމަށް ތަސްމިން އައްޔަންކުރައްވަން ނިންމަވައި، އެޤައުމަށް ކުރިން ކަނޑައަޅާފައި ހުންނެވި އިބްރާހީމް ޝިހާބު ވަނީ އިންޑިއާއަށް ރާއްޖެއިން ކަނޑައަޅަ ސަފީރުކަމަށް އައްޔަންކުރެއްވުމަށް ނިންމަވައިފައެވެ. ރުހުން ހޯއްދެވުމަށް ރައީސް ފޮނުއްވި އެ މައްސަލައަށް ކޮމިޓީން އަދި ގޮތެއް ނުނިންމައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް