މޫދަށް އެރިގެން އުޅެނިކޮށް ގެއްލުނު ޒުވާނާ ނިޔާވެއްޖެ
އދ. ފެންފުށީގައި ތުނޑި ސަރަހައްދުގައި އުޅެނިކޮށް އެރި ރާޅާ އެކު ގެއްލުނު ޒުވާނާއަށް ފަރުވާ ދެނިކޮށް ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ތ. ދިޔަމިގިއްޔަށް އުފަން 23 އަހަރުގެ ޒުވާނެކެވެ. އޭނާ ނިޔާވެފައިވަނީ އދ. މަހިބަދޫ ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ!
އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
https://dhen.mv/156182






ކޮމެންޓް