Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެމެރިކާ ކުންފުންޏަކުން ކަޕިލް ޝަރުމާ ގޮވައިގެން ކޯޓަށް

އެމެރިކާ ކުންފުންޏަކުން ކަޕިލް ޝަރުމާ ގޮވައިގެން ކޯޓަށް

އެއްބަސްވުމާ ހިލާފުވި ކަމަށް ބުނެ، އިންޑިއާގެ މަޝްހޫރު ކޮމެޑީ ތަރި ކަޕިލް ޝަރުމާގެ މައްސަލައެއް އެމެރިކާގެ ކުންފުންޏަކުން ކޯޓަށް ހުށަހަޅައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، "ސައި ޔޫއެސްއޭ އިންކް" ނަމަކަށް ކިޔާ ކުންފުނިން ކަޕިލް ޝަރުމާގެ މައްޗަށް ދައުވާ ކުރަން ނިންމީ އެ ކުންފުންޏާ އެކު 2015ވަނަ އަހަރު ވެވުނު އެއްބަސްވުމަކާ ހިލާފުވެގެންނެވެ.

އެގޮތުން، ހަ ޝޯ ހުށަހަޅައިދޭން އެއްބަސްވުމުގައި ވީނަމަވެސް ކަޕިލް ހުށަހަޅައިއިދީފައި ވަނީ އެންމެ ފަސް ޝޯ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Advertisement
HDC — Sidebar (box)

މި މައްސަލަ ފެންމަތިވުމާ އެކު ކަޕިލް ވަނީ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު އޭނާ ދޭނެ ކަމަށް ބުނެފައެވެ.

އެހެން ނަމަވެސް އެ ކުންފުނިން ބުނެފައިވާ ގޮތުގައި އޭނާ އެ ޝޯ ހުށަހަޅައިފައި ނުވާއިރު، ކުންފުނިން އޭނާއަށް ގުޅަން ކުރި އެއްވެސް މަސައްކަތެއް ވެސް ކާމިޔާބުވެފައި ނުވާ ކަމަށެވެ. އަދި ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން ވެސް ކަޕިލްއާ ގުޅުމަށް ކުންފުނިން އެތައް ފަހަރަކު މަސައްްކަތް ކޮށްފައިވާ ކަމަށް އެމެރިކާ ކުންފުންޏާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

"ދަ ކަޕިލް ޝަރްމާ ޝޯ"އިން މަގުބޫލުކަން ހޯދި ކަޕިލް ޝަރުމާއަކީ މަޝްހޫރު ކޮމީޑިއަންއެކެވެ. އޭނާ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ މެދުގައި މަގުބޫލުކަން ހޯދައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް