Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ލުއި ޚަބަރު

ރޭލަށް އަރަން އުޅުމުގެ ތެރޭގައި ކައްސާލި ފަސިންޖަރެއް ސަލާމަތް ކުރި ވީޑިއޯއެއް

ރޭލަށް އަރަން އުޅުމުގެ ތެރޭގައި ކައްސާލި ފަސިންޖަރެއް ސަލާމަތް ކުރި ވީޑިއޯއެއް

އިންޑިއާގެ ރޭލު ސްޓޭޝަނަކީ އާދަޔާ ޚިލާފަށް މީހުން ގިނަ ތަނެކެވެ. ވީއިރު އެއްބަޔަކު ކުރީބައިގައި ރޭލަށް އަރާ ތިބޭއިރު، އަނެއް ބަޔަކު ދުވެ ދުވެ އޮންނަ ރޭލަށް ވެސް ދުވެފައި ގޮސް އަރައެވެ. އަދި މިފަދަ ދަނޑިވަޅުތަކުގައި ހިތާމަވެރި އެތައް ހާދިސާތަކެއް ވެސް ހިނގައިފައި ވެއެވެ.

އެގޮތުން މިއީ ހަމަ އެފަދަ ދުވެ ދުވެ ހުރި ރޭލަކަށް މީހަކު ދުވެފައި ގޮސް އަރަން އުޅުމުގެ ތެރޭގައި ކައްސާލައިގެން ވެއްޓި ނުރައްކާތެރި އެކްސިޑެންޓު ހިނގުމުން ސަލާމަތް ކޮށްދިން ގޮތުގެ ވީޑިއޯއެކެވެ.

މި ވީޑިއޯ ޓުވިޓާގައި ވަނީ އާންމު ކޮށްފައެވެ. އަދި މި ވީޑިއޯ މިނިސްޓްރީ އޮފް ރެއިލްވޭސް އިން ޓުވިޓާގައި ހިއްސާ ކޮށްފައިވާއިރު، މަދު ވަގުތު ކޮޅެއްގެ ތެރޭގައި އެތައް ބަޔަކު އެވީޑިއޯ ވަނީ ބަލާފައެވެ. އަދި ގިނަ ބަޔަކު ވަނީ އެވީޑިއޯ ރިޓުވީޓު ވެސް ކޮށްފައެވެ.

Advertisement
Ooredoo — Square (box)

މިހާދިސާ ހިނގާފައި ވަނީ ގޯއާ ގައި ހުންނަ ރެއިލްވޭ ސްޓޭޝަންގައެވެ. އަދި އެ މީހާ ސަލާމަތް ކުރި ސެކިއުރިޓީއަށް ގިނަ ބައެއް ތައުރީފު ކުރަމުން ދާއިރު، ގޯއާގެ އެ ރެއިލްވޭ ސްޓޭޝަންގެ މިނިސްޓްރީ އޮފް ރެއިލްވޭސް އިން ވެސް ވަނީ އެމީހާގެ އަގު ވަޒަން ކޮށްފައެވެ.

https://twitter.com/railminindia/status/1369893071639388162?s=21

އިންޑިއާގެ ކޮންމެ ރެއިލް ސްޓޭޝަނެއްގައި ވެސް މީހުން ގިނައިރު، ތަފާތު އެކި ހާދިސާތައް ރެއިލް ސްޓޭޝަން ތަކުގައި ވަނީ ހިނގާފައެވެ. އެގޮތުން މީހުން މަރުވުމާއި، ރަހީނު ކުރުމުގެ އިތުރުން ނުރައްކާތެރި އެތައް ކަމެއް އެފަދަ ސްޓޭޝަން ތަކުގައި ވަނީ ހިނގާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް