Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ގާޒީ ދީބަނާޒް ހައިކޯޓަށް އައްޔަންކުރުމަށް ނިންމައި ކްރިމިނަލް ކޯޓަށް ގާޒީއަކު ހޯދަނީ

ގާޒީ ދީބަނާޒް ހައިކޯޓަށް އައްޔަންކުރުމަށް ނިންމައި ކްރިމިނަލް ކޯޓަށް ގާޒީއަކު ހޯދަނީ
ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި ހުންނެވި ދީބަނާޒް ފަހުމީ ހައިކޯޓަށް އައްޔަން ކުރައްވަން ނިންމަވައި، ކްރިމިނަލް ކޯޓަށް ފަނޑިޔާރަކު ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިއުލާނުކޮށްފިއެވެ.

ހައި ކޯޓުގައި ދެ ފަނޑިޔާރެއްގެ މަގާމު ހުސްވެގެން ދިޔައީ ކުރިން އެ ކޯޓުގައި ފަނޑިޔާރަކަށް ހުންނެވި އަބްދުއްރައޫފް އިބްރާހީމް މަގާމުން އިސްތިއުފާ ދެއްވުމުންނާއި ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ހަމީދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

ހައި ކޯޓުން ހުސްވެފައިވާ ފަނޑިޔާރުންގެ މަގާމަށް ދީބަނާޒްގެ އިތުރުން ދެން އައްޔަންކޮށްފައި ވަނީ އެ ކޯޓުގައި ލީގަލް އޮފިސަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ މުހައްމަދު ސަލީމެވެ.

ފަނޑިޔާރަކު ހޯދުމަށް ޖޭއެސްސީން މިއަދު ހުޅުވައިލި ފުރުސަތު އަންނަ މަހުގެ 10ގެ ނިޔަލަށް ބަންދުވާނެއެވެ. ކްރިމިނަލް ކޯޓުގެ ގާޒީންނަށް މަހަކު މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 48،000ވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ފޯނު އެލަވަންސާއި މެޑިކަލް އިންޝުއަރެންސް ލިބޭނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް