ޚަބަރު

ރައްޔިތުންނަށް އޮޅުވައިލައި، ފިތުނަ އުފެއްދުމަށް ޕީޕިއެމްއަށް ވުރެ ބުރަ މަސައްކަތް އެމްޑީޕީ ބައެއް މެންބަރުން ކުރައްވާ: ރޮޒައިނާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންނަށް އޮޅުވައިލައި ފިތުނަ އުފެއްދުމަށް ޕީޕިއެމްއަށް ވުރެ ބުރަ މަސައްކަތް އެމްޑީޕީ ބައެއް މެންބަރުން ކުރައްވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ވަގުތު އެމްޑީޕީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެމްޑީޕީގައި ތިބެގެން އެމްޑީޕީ ސަރުކާރު ވައްޓައިލައި އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ލިބެމުންދާ ތާއީދު ނަގައިލާން ޕާޓީ ތެރެއިން ބަޔަކު ރެޔާއި ދުވާލު ކުރަމުންދާ މަސައްކަތް ކަމަށެވެ.

"މި ވަގުތު އެމްޑީޕީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެމްޑީޕީގައި ތިބެެގެން އެމްޑީޕީގެ ސަރުކާރު ވައްޓައިލައި، ރައީސް ޞާލިޙްއަށް ލިބެމުންދާ ތާއީދު ނަގާލުމަށް ޕާޓީގެ ތެރެއިން ބަޔަކު ރެޔާއި ދުވާލު ކުރަމުންދާ މަސައްކަތް. ރައްޔިތުންނަށް އޮޅުވާލާ ފިތުނަ އުފެއްދުމަށް ޕީޕިއެމްއަށް ވުރެ ބުރަ މަސައްކަތް މި ބޭފުޅުން އެބަ ކުރައްވާ" ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

އެމްޑީޕީ މި ވަގުތު އޮތީ ބައިބައިވެފައެވެ. ދާދި ފަހުން ބޭއްވި އެ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބަށް ފަހު ރައީސް ޞާލިޙަށް ފާޅުގައި އެމްޑީޕީގެ އެއް ފެކްޝަނުން ދަނީ ފާޑު ވިދާޅުވަމުންނެވެ.

ރިޔާސީ ދެވަނަ ދައުރަކަށް ތައްޔާރަށް ހުންނެވިކަން ރައީސް ޞާލިޙް އިއުލާން ކުރައްވާފައިވާ އިރު ދާދިފަހުން ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙް ދެވަނަ ދައުރަކަށް ވާދަކުރެއްވުމަކީ އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދު ވެސް ވާދަ ކުރައްވާނެކަމަށް ވިދާޅުވިއެވެ.

Ads by HDC
  1. ބިލަގަ އެއްވެސް ބޭފުޅަކު ހީފުޅުނުކުރައްވާތި ވެރިކަމަކީ ތިމާމެން ކޮރަޕްޓުކޮއްގެން ނެރޭ ރުފިޔާބޮޑިއެކޭ ވެރިކަމަކީ اللهﷻ އެތަކެއް އަޚުންގެމައްޗަށް އިސްކުރައްވާ ޚަލީފާއެށް الله ތައާލާގެ ވަހީބަސްބަސްފުޅާއި محمد ﷺ ހަދީސް ފުޅުތަކާއި އެއްގޮތަށް ކުރިޔަށް ދެވިއްޖެ ނަމަ ވެރިކަން ލިބޭނެ ވީމާ ވިސްނވާ ތިޔައެއްމެހާ ޕޮލިޓިކަލުން.