ދުނިޔެ

ރަޝިޔާއަށް ހަމަލާ ނުދޭނެ ކަމަށް ޝަރުތުކޮށް، އެމެރިކާއިން ޔޫކްރެއިންނަށް 400 މިލިޔަން ޑޯލަރުގެ އަސްކަރީ އެހީދީފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޫކްރެއިނަށް އަސްކަރީ އެހީގެ އިތުރު ޕެކޭޖެއް ފޮނުވަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ނިންމަވައިފިއެވެ.

Ads by Sosun Fihaara

400 މިލިޔަން ޑޮލަރުގެ މި ޕެކޭޖުގައި, ހަތަރު ހައި މޯބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމް (ހައިމާސް) ހިމެނޭނެއެވެ. ޔޫކްރެއިނަށް އިތުރު ހަތިޔާރު ފޮނުވަން އެމެރިކާއިން ނިންމައިފައި މި ވަނީ އެ ޤައުމަށް އަަރައި ހަނގުރާމަ ކުރަމުންދާ ރަޝިޔާ ސިފައިންގެ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ރަޝިޔާގެ ފައުޖުތަކުން ޔޫކްރެއިނަށް އަރައި ހަމަލާދޭން ފެށީ ފެބުރުއަރީ މަހުގެ 24ވަނަ ދުވަހުއެވެ. އަދި, ހަމަލާތަކުގައި ޔޫކްރެއިނުގެ އިރުމަތީގައިވާ ދޮންބަސް ރީޖަންގެ ގިނަ ސަރަޙައްދުތަކަކަށް ވަނީ އަތްގަދަކޮށްފައެވެ. ރަޝިޔާ ސިފައިން މިހާރު މަސައްކަތް ކުރަމުން ދަނީ ޔޫކްރެއިނުގެ އިތުރު ސަރަޙައްދުތައް ހިފުމަށެވެ.

ޔޫކްރެއިންގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ސިފައިންގެ އަތުގައި އެންމެ ފަހުގެ ޒަމާނީ ހަތިޔާރު ނެތުމަކީ, ހަނގުރާމައިގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާ އެއް ސަބަބު ކަމުގައި ޔޫކްރެއިނުން ބުނެއެވެ. އަދި, ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން ޔޫކްރެއިނުން ދަނީ އެ ޤައުަމަށް ފޯރުކޮށްދޭ އަސްކަރީ އެހީތެރިކަން އިތުރު ކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލަމުންނެވެ.

މި ގޮވައިލުމަށް އިޖާބަދީ އެމެރިކާއިން މީގެ ކުރިން ވެސް ވަނީ ޔޫކްރެއިނަށް ހަތިޔާރުު ފޮނުވައިފައެވެ. ޔޫކްރެއިން ސިފައިން އެމެރިކާގެ ހައިމާސް މަރުކާގެ 8 ރޮކެޓް ސިސްޓަމް މިހާރު ވެސް ދަނީ ބޭނުން ކުރަމުންނެވެ. މި ހަތިޔާރުތައް ބޭނުންކޮށްގެން ރަޝިޔާ ސިފައިންގެ އަމާޒުތަކަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަ ކުރުމަށް ޔޫކްރެއިންގެ ފައުޖުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެމެރިކާއިން މި ފަދަ ފަހުގެ ހަތިޔާރު ޔޫކްރެއިނަށް ފޯރުކޮށްދޭން އެއްބަސްވީ, މިފަދަ އެއްވެސް ހަތިޔާރެއް ބޭނުންކޮށްގެން ރަޝިޔާގެ އެއްވެސް ސަރަޙައްދަކަށް ހަމަލާ ނުދޭނެ ކަމުގެ ޔަޤީންކަން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ދެއްވުމުންނެވެ. އެމެރިކާއިން ފޮނުވަން އެއްބަސްވެފައިވާ އަސްކަރީ ޕެކޭޖުގައި ހައިމާސް ސިސްޓަމްގެ އިތުރުން ހޮވިޓްޒަރ އާޓިލަރީ ސިސްޓަމުގައި ބޭނުންކުރާ ބޮން ހިމެނެއެވެ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!