Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އަދާލަތު ޕާޓީ އޮންނާނީ އިސްލާމީ އުސޫލުތައް ދެމެހެއްޓުމުގައި: އިމްރާން

އަދާލަތު ޕާޓީ އޮންނާނީ އިސްލާމީ އުސޫލުތައް ދެމެހެއްޓުމުގައި: އިމްރާން

އަދާލަތު ޕާޓީ އުފެއްދީ ވެސް އަދި ދެމި އޮންނާނީ ވެސް އިސްލާމީ އުސޫލުތައް ދެމެހެއްޓުމުގައި ކަމަށް އެ ޕާޓީގެ ރައީސް، އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވެފައިވަނީ، ފަހަކަށް ރާއްޖޭގައި ދީނާ ޚިލާފު ބައެއް ކަންކަން ހިނގަމުންދާތީ ގިނަ ބައެއްގެ ފާޑު ކިޔުން އަދާޅަތަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އިމްރާޏް ވިދާޅުވީ، ﷲގެ ވާގިފުޅާއެކު، އަދާލަތު ޕާޓީ އަބަދުވެސް ދެމި އޮންނާނީ ރާއްޖޭގައި ފަނޑުވަމުންދާ އިސްލަމީ އުސޫލުތައް ނެގެހެއްޓުމުގައި ކަމަށެވެ.

Advertisement
Ooredoo — Square (box)

"އަދާލަތު ޕާޓީ އުފެއްދީ ދިވެހި ރާއްޖޭގައި، ފަޑުވަމުންދާ އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށް. އިންޝާﷲ މި ޕާޓީ އޮންނާނީ ވެސް އެ ޒިންމާ އަދާކުރުމުގައި" އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް