Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ދެކުނުގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާނެކަމަށް ލަފާކޮށްފި

ދެކުނުގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާނެކަމަށް ލަފާކޮށްފި

ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށް އުދަ އަރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ވެސް ލަފާކޮށްފިއެވެ.

އުދައަރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރީ ތ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށެވެ.

އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މިހާރު ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ.

Advertisement
Ooredoo — Square (box)

ހުދު ސަމާލު ނެރުނީ މިއަދު 13:30 އިން ފެށިގެން ހަވީރު 17:30 އާ ހަމައަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހއ.އަތޮޅުން ފެށިގެން ބ.އަތޮޅަށް ވެސް ހުދު ސަމާލު ނެރެފައެވެ. އެ ސަރަހައްދުތަކަށް ނެރުނު ސަމާލުގެ ވަގުތު ހަމަވާނީ 14:00 ގައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް