އަދާލަތުން ފަހަތަކަށް ނުޖެހޭނެ: އިމްރާން
ބަޔަކު ކިތަންމެ ނުރުހުނަސް ސިޔާސީ މަސައްކަތްތަކުގައި އަދާލަތު ފަހަތަށް ނުޖެހޭނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ، ބައެއް މީހުން އަދާލަތު ޕާޓީއާ ދެކޮޅަށް ދައްކަމުން ދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
އިމްރާން ވިދާޅުވީ، އެ ޕާޓީ އޮތީ ކުޑަކޮށް ވެސް ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަމަށާއި އިސްލާމް ދީނުގެ ފުރިހަމަ މަހްފޫމްގައި ސިޔާސީ މަސައްކަތުގައި އަދާލަތު ދާނީ ބާރަށް ކުރިއަށް ކަމަށް އިމްރާން ވިދާޅުވިއެވެ.
ރާއްޖޭގައި ލާދީނީ ކަންކަން އިތުރުވާއިރު، އަދާލަތުން އެކަންކަމާ ދެކޮޅަށް އެކަށީގެންވާ މަސައްކަތް ކުރަމުން ނުދާ ކަމަށް ބުނެ އެ ޕާޓީއަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
މި ފާޑުކިޔުންތަކުގެ އަޑުތައް ގަދަވަމުން ދިއުމުން އިމްރާން ވަނީ، އަދާލަތު ޕާޓީ ދިފާއު ކުރައްވާ ވާހަކަ ދައްކަވާފައެވެ. އެ ގޮތުން އެ ޕާޓީ އުފެއްދީ ދިވެހި ރާއްޖޭގައި ފަނޑުވަމުންދާ އިސްލާމް ދީނުގެ މަތިވެރި އުސޫލްތައް ނެގެހެއްޓުމަށް ކަމަށާއި އަދި އެ ޕާޓީ ދެމި އޮންނާނީ ވެސް އެ ޒިންމާ އަދާ ކުރުމުގައި ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. އަދި ދީނީ ގޮތުން ގިނަ ކަންތައްތަކެއް ކޮށްދިިން ޕާޓީ އަކީ އިމްރާން ލީޑަރެއްގެ ގޮތުގައި ހުންނެވި އަދާލަތު ޕާޓީ ކަމަށް ވެސް އެނާ ވަނީ ވިދާޅުވެފައެވެ.
އެގޮތުން ވޭތުވެދިޔަ 3 އަހަރަށް ބެލި ކަމުގައި ވިޔަސް ނުވަތަ 2005 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ބެލި ކަމުގައި ވިޔަސް އަދާލަތު ޕާޓީގެ އިލްމުވެރިންނަށް ވުރެ ބޮޑަށް ދީނަށް ހިދުމަތް ކުރި ބަޔަކު ނެތް ކަމަށް އިމްރާން ވިދާޅުވެފައި ވެއެވެ. ބަޔަކު ގަބޫލުކުރިއަސް ނުކުރިއަސް އެއީ ހަގީގަތް ކަމަށް އިމްރާން ވިދާޅުވިއެވެ.
އިންސާﷲ އަދާލަތުގެ ވަސްވެސް ދެން ދެމިނޯނާނެ ދާނީ ހަމަ ފަހަތަށް
އަދާލަތޭ މިކިޔާ ޕާރޓީގަ ޝޭހުންނޭކިޔައިގެން މިއުޅޭ ބައިގަނޑު ލަދެއްވެސް ނުގަނޭތަ؟