Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޝިޔާމް އިމްރާނަށް: ކަރުކެހެނީ 2023 އަންނާތީ ތިމާ ހުރިކަން އަންގަން

ޝިޔާމް އިމްރާނަށް: ކަރުކެހެނީ 2023 އަންނާތީ ތިމާ ހުރިކަން އަންގަން

އަދާލަތުގެ ދިފާއުގައި ފާއިތުވި ދެތިން ދުވަހު، އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކުރައްވަމުން އަންނަވާ ޓްވީޓްތަަކަށް ނައިފަރު ދާއިރާގެ ޕީޕީއެމް މެންބަރު އަޙްމަދު ޝިޔާމް ފާޑު ވިދާޅުވެއްޖެއެވެ.

ޓްވިޓަރއާ ތަންކޮޅެއް ދުރުގައި އުޅުއްވުމަށްފަހު އިމްރާންވަނީ މިދިޔަ ދެތިން ދުވަހު އެ އަދާލަތު ޕާޓީ ދިފާއު ކުރައްވާ ޓްވީޓް ކުރައްވާފައެވެ. މިގޮތުން އެ ޕާޓީއަށް ފާޑު ވިދާޅުވާ ފަރާތްތަކަށް ރައްދު ދެއްވަމުން ވިދާޅުވެފައިވަނީ އެ ޕާޓީ ދާނީ އިސްލާމް ދީނުގެ ފުރިހަމަ މަހްފޫމްގައި ސިޔާސީ މަސައްކަތުގައި ކުރިޔަށް ކަމަށެވެ.

އިމްރާންގެ ޓްވީޓަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވީ، އެ ޕާޓީއަކީ ދެތިން މީހެއްގެ މަންފާއަށް ގެންގުޅޭ ޕާޓީއެއް ކަމަށެވެ.

Advertisement
Allied Insurance — Square (box)

"ސަރުކާރެއްގައި އެލިގެން އޮންނަތާ 4 އަހަރު އިސްލާމް ދީނަށް ފުރައްސާރަކޮށް، ރަސޫލާއަށް ހަޖޫ ޖެހިއިރު އަދާލަތު ހިމޭނުން. ތީ ދެތިން މީހެއް މަންފާއަށް ގެންގުޅޭ ނަމެއްކަން އެންމެން ދަނޭ." ޝިޔާމް ވިދާޅުވީ އަދާލަތުން މަސައްކަތް ކުރަނީ 2023 އަންނަންވާއިރަށް ތިމާމެން ތިބިކަން އެންގުމަށް ކަމަށެވެ.

"2023 ކައިރިވާތީ ޕާޓީއަށް ވަގަށް މެންބަރުން ހަމަކޮށްގެން ތިމަންނަ އެބަހުރިކަން އަންގަން ތި ކެހެނީ ކަރު"

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް