މިނީ ބަހުގެ ޚިދުމަތް ފަށަން ބޭނުންވާ 36 ބަސް ރާއްޖެ ގެނެސްފި

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފަށަން ބޭނުންވާ ބަސްތައް ރާއްޖެ ގެނެސްފިއެވެ.
އެމްޓީސީސީން ބުނީ މިނީ ބަސްތައް މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އެ ގޮތުން ޖުމްލަ 36 ބަސް ގެނައި ކަމަށާއި މިހާރު ކުރިއަށްދަނީ ކަސްޓަމްސްއިން ކްލިއާކުރުމުގެ މަސައްކަތްކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ހާމަ ކުރާނެ ކަމަށެވެ.
މާލޭގައި މިނީ ބަހުގެ ޚިދުމަތް ތަޢާރަފު ކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެތެރޭ ހިމެނޭ ކަމެކެވެ.
ސުކޫލް ބަސް ހަދާ ބަަލަ