ހައްގަކާ ނުލައި ޢިލްމުވެރިއަކަށް އަނިޔާވެރިވުމަކީ ހުރިހާ ޢިލްމުވެރިންނަށް އަނިޔާކުރުން: ޑރ.ޢަލީ ޒާހިރު

ދީނީ ކަމެއްގައި ހައްގަކާ ނުލައި ޢިލްމުވެރިއަކަށް އަނިޔާވެރިވުމަކީ ހުރިހާ ޢިލްމުވެރިންނަށް އަނިޔާކުރުންފަދަ ކަމެއްކަމަށް ޑރ.ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ޑރ.ޒާހިރު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޯގާއާ ދެކޮޅަށް އަޑުއުފުއްލެވި ދެ ޝައިޚުން ހަމަނުޖެހުމުގައި ބައިވެރިވެވަޑައިގެންފައި ނުވަނީސް, ރަޙުމްކުޑަ ގޮތަކަށް ހައްޔަރުކޮށްގެން ވާނުވާގައި ބައިތިއްބުން ގަބޫލެއް ނުކުރެއްވޭ ކަމަށެވެ.
ޑރ.ޒާހިރު ވިދާޅުވީ ދީނީ ކަމެއްގައި ހައްގަކާ ނުލައި ޢިލްމުވެރިއަކަށް އަނިޔާވެރިވުމަކީ ހުރިހާ ޢިލްމުވެރިންނަށް އަނިޔާކުރުން ފަދަ ކަމެއް ކަމަށެވެ.
ޑރ.ޒާހިރު މިހެން ވިދާޅުވެފައިވާއިރު, އެއްވެސް މީހަކަށް އަނިޔާއެއް ނުކުރައްވާނެ ކަމަށާއި ވަކިން ޚާއްސަކޮށް ދީނީ ޢިލްމުވެރިއަކަށް އަނިޔާއެއް ނުކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެފައި ވަނިކޮށެވެ.