ދުނިޔެ

ޤައުމީ ސަލާމަތާ ބެހޭ ޤާނޫނުން ހޮންކޮންގް ރައްޔިތުންގެ ޙައްޤުތައް ހަނިކޮށްފައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން ފާސްކޮށްފައިވާ ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ ގާނޫނުގެ ދަށުން އިދިކޮޅު ސިޔާސީ ބޭފުޅުންނާއި ނޫސްވެރިން ބަންދުކޮށް އެތައް ބައެއްގެ މިނިވަންކަން ހުއްޓުވައިފިއެވެ.

Ads by Sosun Fihaara

މި ގޮތުން ޗައިނާގެ ސަރުކާރާ ދެކޮޅު އަޑުތައް ކަޑުވާލުމަށް، ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

ހޮންކޮންގެ ރައްޔިތުން ބުނެފައިވަނީ މި ޤާނޫނު އެކިފަހަރު މާނަކުރަނީ އެކިގޮތަށް ކަމަށާއި ޤައުމީ ސަލާމަތަށް ނުރައްކާވަކަމަށް ބުނެ ޚިޔާލުފާޅު ކުރާ މީހުން ބަންދު ކުރުން ބަލައިނުގަންނަ ކަމަށެވެ.

ހޮންކޮންގެ ޔުނިވަރސިޓީތަކުގައި އިންސާނީ ޙައްޤުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާ ޕްރޮފެސަރުން ވެސް ވަނީ ޖަލަށް ލަމުންނެވެ. އަދި ޙައްޤުތައް ހޯދުމަށް މުޒާހަރާ ކުރާ ފަރާތްތައް ވެސް ވަކި މުއްދަތެއް ނެތް ގޮތަށް ވަނީ ޖަލަށް ލާފައެވެ. އެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމާއި ކޯޓު އަޑުއެހުންތައް ވަނީ ޤައުމީ ސަލާމަތާ ބެހޭ ޤާނޫނުގެ ދަށުން ސިއްރުކޮށްފައެވެ.

އެ ގާނޫނު ފާސްކުރި ފަހުން މަދުވެގެން 183 މީހަކު ހައްޔަރުކޮށް 113 ފަރާތެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، 50 އަށް ވުރެ ގިނަ މަދަނީ ޖަމިއްޔާތައް އުވާލަން މަޖުބޫރުވެފައިވާއިރު، އެތައް މީޑިއާއެއް ހިންގުން ހުއްޓާލާފައިވެއެވެ.

1 ޖުލައި 1997 ގައި ޗައިނާއާއި އިނގިރޭސިވިލާތުގެ ޖޮއިންޓް ޑިކްލެރޭޝަންގައި ބަޔާންކޮށްފައިވާ ޝަރުތުތަކުގެ ދަށުން އިނގިރޭސިވިލާތުން ހޮންކޮންގް ވަނީ ޗައިނާއާ ހަވާލުކޮށްފައެވެ. ޖޮއިންޓް ޑިކްލެރޭޝަންގައި އަސާސީ ހައްގުތަކާއި، ހޮންކޮންގުގައި "އެއް ގައުމެއް، ދެ ނިޒާމު" ގާއިމްކޮށްފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!