މިނިވަންކަމޭ ކިޔާފައި އެހެން މީހުންނާ ވާހަކަ ނުދެއްކޭ ހިސާބަށް ގޮސްގެންނުވާނެ: ފަޒްނާ
މިނިވަންކަމޭ ކިޔާފައި އެހެން މީހުންނާ ވާހަކަ ނުދެއްކޭ ހިސާބަށް ގޮސްގެންނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި މިނިވަން ދުވަހުގެ ޚާއްސަ މެސެޖު ދެއްވަމުން ފަޒްނާ ވިދާޅުވީ މިނިވަންކަން މި އޮތީ މެނޭޖުކުރަންޖެހިފައި ކަމަށެވެ. އޭގެ މާނައަކީ މިނިވަންކަން ލިބިގެން ގޮސް, މީހުންނާ ވާހަކަ ނުދެއްކޭ ހިސާބަށް ނުވަތަ އެހެން މީހުންނާއެކު ނޫޅެވޭ ހިސާބަށް ދިއުމަކީ މިނިވަންކަމެއް ނޫން ކަމަށެވެ.
''މިހާރު އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ މިނިވަންކަން މި އޮތީ މެނޭޖުކުރަންޖެހިފައޭ އިނގޭތޯ. އަޅުގަނޑު މި ދަންނަވާ އެއްޗެއްގެ މާނައަކީ މިނިވަންކަން ލިބިގެން ގޮސް އެ ކޮންމެ މީހަކު މިނިވަނަކަށްވެގެން ގޮސް އެހެން މީހުންނާ ވާހަކަ ނުދެއްކޭ ހިސާބަށް އެހެން މީހުންނާއެކު ނޫޅެވޭ ހިސާބަށް އެ މިނިވަންކަން ލިބުނީމަ އެއީކީ މިނިވަންކަމެއް ކަމަށެއް އަޅުގަނޑު ނުބެލެވޭ.''
އެހެންކަމުން ލިިބިފައި މިވާ މިނިވަންކަން ވަރަށް ޒިންމާޒާރުކަމާއެކު ބަލައިގަންނަންޖެހޭކަމަށް ފަޒްނާ ވިދާޅުވިއެވެ. އޭރުން ވަކިވަކި ބައެއްގެ ގޮތުގައި ނޫޅެ, އެންމެން އެކީ ޤައުމު ބިނާކުރަން މަސައްކަތް ކުރެވޭނެ ކަމަށް ފަޒްނާ ވިދާޅުވިއެެވެ.
މިނިވަން ކަމަކީ އެމީހުން އެހްން މީހުނާ ވާހަކަ ދެއްކުން. މިނިވަންކަމަކީ އަޅުވެތި ވުމެއްނޫން.
މިމީހުންގެކިބައިން މިގައުމު ސަލާމަތްކޮށްދެއއވުމަށް މާތްﷲ އަށް ދުޢާދަންނަވަންވީ