ޔޯގާއަކީ ހަރާމްކަމެއް ނޫން, އެއީ ކަސްރަތެއް: ރައީސް މައުމޫން

ޔޯގާއަކީ ހަރާމްކަމެއް ނޫންކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
ޔޯގާއާ ބެހޭ ގޮތުން ރައީސް މައުމޫނުގެ ރައުޔެއް ހޯދައިލަން ސުވާލު ދެންނެވުމުން ވިދާޅުވީ ޔޯގާއަކީ ޞިއްޙީ އަދި ނަފްސާނީ ދުޅަހެޔޮކަން ހިފެހެއްޓުމަށް ކުރާ ކަސްރަތުތަކެއް ކަމަށެވެ.
މީގެ އިތުރުން އެއީ ހަރާމްކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް މައުމޫނުގެ ރައުޔު ހާމަކުރައްވާފައި މިވަނީ ޢިލްމީ ތަފްސީލުތަކުގެ އަލީގައި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން “އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ ” ގެ ނަމުގައި ކަރުދާހެއް އެކުލަވައިލައި ޢާންމު ކޮށްފައިވަނިކޮށެވެ.
އެ ކަރުދާހާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ޔޯގާއަކީ ޝިރުކެއްކަން ދަންނަ ބޭކަލުންގެ އިޖުމާޢުގައެއް ނެތް ކަމަށެވެ. އަދި ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމްދީނުގެ ޙުކުމެއްކަމަށް ބަލައިގަންނަން ދަތިކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް ދީނީ ޢިލްމުވެރިން ވިދާޅުވާ ގޮތުން ހިންދޫ ދީނުގެ އަޅުކަމެއްކަމަށްވާ ޔޯގާއަކީ ޝިރުކެކެވެ.






ކޮމެންޓް