Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

ޔޯގާއަކީ ޙަރާމްކަމެއް ކަމަށް ރާއްޖޭގެ 104 ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފި

ޔޯގާއަކީ ޙަރާމްކަމެއް ކަމަށް ރާއްޖޭގެ 104 ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފި

ކޮންމެ ނަމެއްގައި ވެސް ޔޯގާ ހެދުމާ ޔޯގާގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ މުސްލިމުންގެ މައްޗަށް ޙަރާމްކަމެއްކަމަށް ރާއްޖޭގެ 104 ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފިއެވެ.

104 ޢިލްމުވެރިންގެ ފަރާތުން ޔޯގާގެ ޝަރުޢީ ޙުކުމް ބަޔާންކުރައްވައި ޢިލްމުވެރިންގެ ގުޅުމުން މިއަދު ޢާންމުކުރި ކަރުދާހުގައި ބުނެފައިވަނީ ޔޯގާއަކީ ހަމައެކަނި ކަސްރަތެއްގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރުމުގެ ބޭނުމަކީ އެހެން ޢަޤީދާތަކުގެ މީސްތަކުންނަށް އޮޅުވާލައިގެން އެބައިމީހުން ލައްވައި ހިންދޫ ދީނުގެ އަޅުކަންތައް ކުރުވުން ކަމަށެވެ. އަދި އެ ދީންތަކުގެ ކަންކަމަށް ލޯބި ޖައްސައި އެ ދީންތަކަށް ތަބާވާ ބައެއްކަމުގައި މީސްތަކުން ހެދުން ކަމަށެވެ.

ކަރުދާހުގައި ބުނީ ކަސްރަތެއްގެ ގޮތުގައި ޔޯގާ ޢާންމުކުރުމަށް ބުދު ދީނާއި ހިންދޫ ދީނުގެ އަހުލުވެރިން މަސައްކަތް ކުރަނީ އެއީ ދީނީ ކަމެއްގެ ގޮތުގައި ދައްކައިގެން އެކަން ގެނައުމަކީ އުނދަގޫކަމެއްކަމަށް ވާތީ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

''ޔޯގާއަކީ ބުދު ދީނާއި ހިންދޫ ދީނުގެ އަޅުކަމެކެވެ. އަދި އޭގައި ޝިރުކު ކުރުން އެކުލެވިގެންވާ ކަމެކެވެ.''

ކަރުދާހުގައި އިތުރަށް ބުނީ ޔޯގާއަކީ އޭގެ ޒާތުގައި ހިންދޫންގެ އަޅުކަމަކަށްވާތީ ޔޯގާގެ ނަން ދީގެން ނުވަތަ ޔޯގާގެ ނިޔަތުގައި ޔޯގާގެ ބައިތައް މުޅިން ފުރިހަމަނުވާ ގޮތަށް ވެސް ކަންތައްތަކެއް ކުރުން ޝަރުޢީ ގޮތުން ހުއްދަ ނުވާނެ ކަމަށެވެ.

''އެހެންކަމުން ކަސްރަތެއްގެ ނަމުގައި ވެސް ނުވަތަ އެ ނޫން ނަމެއްގައި ވެސް ޔޯގާ ހެދުމާ ޔޯގާގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ މުސްލިމުންގެ މައްޗަށް ޙަރާމްކަމެކެވެ.'' ކަރުދާހުގައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް