އިންޑޮނޭޝިޔާއިން އޮން އެރައިވަލް ވިސާ ދޫކުރާ ޤައުމުތަކުގެ ލިސްޓަށް ރާއްޖެ އިތުރުކޮށްފި

އިންޑޮނޭޝިޔާއިން އޮން އެރައިވަލް ވިސާ ދޫކުރަން ނިންމި ޤައުމުތަކުގެ ލިސްޓަށް ރާއްޖެ އިތުރުކޮށްފިއެވެ.
އެކަން ހާމަކުރީ އިންޑޮނޭޝިޔާގެ އިމިގުރޭޝަނުންނެވެ. އެ ޤައުމުގެ އިމިގުރޭޝަނުން ބުނީ ރާއްޖެ ހިމެނޭހެން އެ ޤައުމުން އޮން އެރައިވަލް ވިސާ ދޫކުރާ ޤައުމުތަކުގެ ލިސްޓުގައި 75 ޤައުމެއް ހިމެނޭ ކަމަށެވެ.
އެ ގޮތުން އޮން އެރައިވަލް ވިސާ ދޫކުރަން ފެށީ ރޭ 12:00 އިން ފެށިގެންނެވެ.
އިންޑޮނޭޝިޔާއިން އޮން އެރައިވަލް ވިސާ ދޫކުރާ ޤައުމުތަކުގެ ލިސްޓަށް ރާއްޖެ އިތުރުކޮށްފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެކަމަށް އެދިވަޑައިގަންނަވާފައި ވަނިކޮށެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވަނީ ވިސާދޫކުރާ ޤައުމުތަކުގެ ލިސްޓަށް ރާއްޖެ އިތުރުކޮށްފައިވާތީ އިންޑޮނޭޝިޔާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވައިފައެވެ.
ބަލަ މިހާތަނަށްވެސް ދިވެހިން އިންޑޮނޭޝިޔާއަށަ ދަތުރުކުރަނީ އޮންއެރައިވަލް ވިސާގައި ނުންތޯ ؟ އެތަކެއް ދިވެހިން ދަތުރު މިކުރަނީ ހަމަ އޮންއެރައިވަލް ވިސާ ނަގައިގެން !