ރޯބޮއެ، ޒިނޭކޮށް، ރިޝްވަތު ނަގާ އެމްޑީޕީ ބޭފުޅުން ބޭޒާރުކޮށްލަން ނަޝީދު ތައްޔާރު

އެމްޑީޕީގެ އިސްވެރިންގެ ތެރޭގައި ތިއްބެވި ރާބޮއެ، ޒިނޭކޮށް، ރިޝްވަތު ނަގާކަމަށް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް ހާމަ ކުރަން ތައްޔާރު ކަމަށް، އެ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ރޭގެ ވަގުތެއްގައި އެމްޑީޕީގެ އެޑްވައިޒަރީ ކޮމިޓީގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖްތަކެއްގައެވެ.
މިގޮތުން ރައީސް ނަޝީދު ފޮނުވި އެއް މެސެޖްގައި ވިދާޅުވެފައިވަނީ، މި ސަރުކާރުން އަޚްލާޤިއްޔަތާއި އިސްލާމީ އުސޫލުތައް ހިފަހައްޓަން ބޭނުންވާކަން މިއަދު ހާމަވާ ކަމަށެވެ. އަދި އެ އުސޫލުގެ ދަށުން އެމަނިކުފާނު ވެސް ހިމެނި ވަޑައިގެންނަވާހެން، މި ސިފަތައް ނެތް ފަރާތްތަކުގެ ލިސްޓެއް އެމްޑީޕީއިން ހަދަން ޖެހޭ ކަމަށް ވިދާޅުބިއެެ. އަދި ވިދާޅުވީ ޒިނޭކޮށް ރާބޮއެ ރިޝްވަތު ނަގާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް ހާމަ ކުރަން ތައްޔާރު ކަމަށެވެ.
ރައީސް ނަޝީދުގެ ބަހުގެ ހަމަލާތަކެއް ރައީސް ޞާލިޙަށާއި ސަރުކާރަށް އަމާޒުވެފައިވަނީ، އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމާއި ގުޅިގެންނެވެ.






ކޮމެންޓް