Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައީސް ޞާލިޙް ފުލުހުންގެ ތަޙްޤީޤް ހުއްޓުވާ ކަމުގެ ތުހުމަތު ނަޝީދު ކުރައްވައިފި

ރައީސް ޞާލިޙް ފުލުހުންގެ ތަޙްޤީޤް ހުއްޓުވާ ކަމުގެ ތުހުމަތު ނަޝީދު ކުރައްވައިފި

ފުލުހުން ތަހްޤީޤް ކުރަމުން އަންނަ ބައެއް މައްސަލަތަކުގެ ތަޙްޤީޤް އިތުރަށް ކުރިޔަށް ނުގެންދިއުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަންގަވާ ކަމަށް، މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

ރައީސް ޞާލިޙަށް ބަހުގެ ހަމަލާތަކެއް ރައީސް ނަޝީދު އަމާޒު ކުރައްވަމުން މިގެންދަވަނީ، ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމާއި ގުޅިގެންނެވެ.

އެމްޑީޕީގެ އެޑްވައިޒަރީ ކޮމިޓީގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖްތަކެއްގައި ރައީސް ނަޝީދު ވިދާޅުވީ,  ރައީސް ޞާލިޙް ބައެއް ބޭފުޅުން ހިމާޔަތް ކުރައްވާފައިވާ ކަމަށާއި މިގޮތުން މެންބަރު ޖީހާން މަހުމޫދުގެ ފިރިކަލުންގެ ކޭސް އޮއްބާލީވެސް ސީދާ ރައީސް ޞާލިޙް ކަމަށެވެ.

Advertisement
Allied Insurance — Square (box)

"ޖީހާން ފިރިމީހާގެ މައްސަލައިގައި، ރައީސް ޞާލިސް އެ މައްސަލައިގައި ކޮމިޝަނަރ އޮފް ޕޮޮލިސްއަށް އަށް އެންގީ މައްސަލައިގެ ތަހުގީގު ހުއްޓާލަން. ރައީސް ޞާލިޙް ޕޮލިހުންނަށް އެންގީ ތަހުގީގު އިތުރަށް ކުރިޔަށް ގެންގޮސްގެން ނުވާނެ ކަމަށް" ނަޝީދު ވިދާޅުވިއެވެ.

ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީގައި ކެންޔާ އަންހެން މީހަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މެންބަރު ޖީހާންގެ ފިރިކަލުން މިދިޔަ އަހަރު މެދުތެރޭގައި ހައްޔަރު ކުރިއެވެ. ނަމަވެސް މައްސަލަ ކުރިޔަށް ނުގޮސް، އޭނާވަނީ ދޫކޮށްލާފައެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އޭނާގެ ކޮއްކޮ ނާޒިމުގެ މައްސަލައިގެ ތެރެއަށް ސިޔާސީ ނުފޫޒުތައް ނުވެއްދިނަމަ އޭނާއަށް އިންސާފު ލިބޭނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

"ކޮއްކޮ ނާޒިމް ހައްޔަރުކުރަން އަންގާރަދުވަހުގައި ފުލުހުން ކޯޓުގައި އަމުރަކަށް އެދުމުން ޤާނޫނީ އަސާސެއް ނެތުމުން ކޯޓުން އެ އަމުރު ނެރެނުދިން. ދެވަނަ ފަހަރަށް އަނެއްކާ ބުދަދުވަހު ފުލުހުން ކޯޓުގައި އަމުރަކަށް އެދުނު، ބެލެވޭ ގޮތުގައި އަމުރު ދިނީ ސަރުކާރުން ގާޒީއެއް ހަމަޖައްސައިގެން" ނަޝީދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް