މިނިވަން ދުވަހު މާލެ އަތޮޅު ކައުންސިލުން ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި

މިނިވަން ދުވަހުގެ މުނާސަބަތުގައި މާލެ އަތޮޅު ކައުންސިލުން ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
ކ. ތުލުސްދޫގައި ހުންނަ މާލެ އަތޮޅު ކައުންސިލްގައި ކުރިޔަށް ދިޔަ މި ރަސްމިއްޔާތުގައި ދިދަ ނަންގަވާފައިވަނީ ކ. ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާއެވެ.
މި ރަސްމިއަޔާތުގައި މާލެ އަތޮޅު ކައުންސިލްގެ މުވައްޒަފުންނާއި، ތުލުސްދޫ ކައުންސިލްގެ މެންބަރުން އަދި އެރަށުގެ އިދާރާތަކުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން ތުލުސްދޫގެ ރައްޔިތުންވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.