ޑރ.އިޔާޟް, އާޒިމަށް: ސައިޒް އޮޅިގެން ނޫޅެބަލަ

ސައިޒް އޮޅިވަޑައިގެން ނޫޅުއްވުމަށް ވިދާޅުވެ ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް, މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވުމުން އިޔާޟް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އިޔާޟް ރައްދުދެއްވީ އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކީރިތި ޤުރުއާނުގެ ތަފްސީރު ކުލާސްތައް ނެގުމުގެ ފުރުސަތު އިޔާޟަށް ދޭން ހެޔޮނުވާނެކަމަށް އާޒިމް ވިދާޅުވުމުންނެވެ.
އާޒިމް އިއްޔެ ވިދާޅުވީ ޑރ.އިޔާޟަކީ ރާއްޖޭގައި މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދާ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ނަގާލަން މަސައްކަތްކުރާ މީހެއް ކަމަށެވެ. އެހެންކަމުން އެ ކަހަލަ ފުރުސަތު އޭނާއަށް ދޭން ހެޔޮނުވާނެ ކަމަށެވެ.
އާޒިމަށް ރައްދު ދެއްވައި އިޔާޟް ވިދާޅުވީ ފުރުސަތު ދޭން ހެޔޮވާވަރުގެ މީހުންނާއި އެ ނޫން މީހުން ކަނޑައަޅާނީ އާޒިމެއް ނޫން ކަމަށެވެ. އަދި ސައިޒް އޮޅިވަޑައިގެން ނޫޅުއްވުމަށް ވެސް ވިދާޅުވިއެވެ.
ޢާޒިމް ކަލެއަށް މަޖިލިސް މެމްބަރުކަންވެސް ދޭން ހެޔުނުވާނެ ! އެކަމަކު އެކަންވެސް ކަލޭތިޔަ ކުރަނީތާ ކަލޭ އެކަން ތިޔަކުރަނީ ކޮން ފެންވަރެއް ހުރެގެންބާ ؟