ޚަބަރު

މަޝްރޫއުތައް ނިންމަން އިންޑިއާއިން ރާއްޖެއަށް 1.5 ބިލިޔަން ރުފިޔާގެ ލައިން އޮފް ކްރެޑިޓް އިތުރުކޮށްދީފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާއިން ރާއްޖެއަށް 1.5 ބިލިޔަން ރުފިޔާ (100 މިލިޔަން ޑޮލަރު)ގެ ލައިން އޮފް ކްރެޑިޓް ދީފިއެވެ.

Ads by STELCO

މިކަން ހާމަކޮށްފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތިލަމާލޭ ބްރިޖުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ މިއަދު އިންޑިއާގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއެވެ.

މިއީ އިންޑިއާއިން ރާއްޖޭގައި ހިންގަމުން އަންނަ ތަރައްޤީގެ މަސައްކަތަށް، މިހާރު ރާއްޖެއަށް ދީފައިވަނީ 800 މިލިޔަން ޑޮލަރު (12.4 ބިލިޔަން ރުފިޔާ)ގެ ކްރެޑިޓް ލައިނަށް އިތުރުކޮށްދިން އިތުރުކޮށްދިނުމެކެވެ. އެގްޒިމް ބޭންކުން ނެގި އެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ 1.75 އިންސައްތައެވެ. އެ ލޯނު އަނބުރާ ދައްކަން ޖެހެޭނީ 15 އަހަރުގެ ތެރޭގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ، މި ލައިން އޮފް ކްރެޑިޓަކީ މަޝްރޫއުތައް ވަގުތަށް ނިންމުމަށް ބޭނުންވާ ޚަރަދުތައް ހަމަޖެއްސުމަށް ފޯރުކޮށްދިން ފައިސާ ކަމަށެެވެ.

އަދި ރާއްޖެއާ އިންޑިއާ އޮންނަ ގުޅުން ވާތުވެދިޔަ ދެތިން އަހަރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަން ފާހަގަކޮށް، އިންޑިއާ އަބަދު ވެސް ދިވެހިންނާއި ދިވެހި ރާއްޖެއަށް އެހީތެރިވުމުގައި ދެމި އޮންނާނެ ކަމަށް މޯދީ ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު އިންޑިއާއާއި ރާއްޖެއިން ވަނީ ހަ ދާއިރާއަކުން ގުޅުން ބަދަހި ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ރާއްޖެއާއި އިންޑިއާއާއި ދެމެދު ވެވުނު އެއްބަސްވުންތަކުގެ ތެރޭގައި ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މުވައްޒަފުންގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި، މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ. އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އެއް ޤައުމު އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ޑިޒާސްޓަރ މެނޭޖްމަންޓުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ބަޔާސް ކްރެޑިޓް އެގްރީމެންޓުގެ ދަށުން އިންޑިއާގެ އެގްޒިމް ބޭންކުން ފުލުހުންގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް އެހީތެރިވެދިނުމުގެ އެއްބަސްވުމެއްގައި ދެ ޤައުމުން ސޮއިކޮށްފައިވެއެވެ.

Ads by Ooredoo
  1. ނާޅި

    ކޮންމެ ބަޔަކުވެސް ރިބާ ލޯނު ނަގައިގެން ރިބާގެ ދަރަނި ލޯނު ދެއްކުންވެސް ރައްޔިތުންގެ ބޮލުގައި މިއަޅުވަނީ ! ހުރިހާ ބުރަޔެއް ރައްޔިތުންނަށް ! ބަލަ ސަލާމް ނުޖަހައި ތިމާމެންގެ ފެންވަރުގައި އުޅެންވެއްޖެ ! ނެއް ފޮތިން ފޭރާން ކެޑުމަކީ ކޮންކަހަލަ ކަމެއްތޯ !