Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ފަތުވާ މަޖިލިސް ހަރަކާތްތެރި ނުކުރުވާތީ ޑރ.ޝަހީމް އަނެއްކާ ވެސް ކަންބޮޑުވުން ފާޅުކުރައްވައިފި

ފަތުވާ މަޖިލިސް ހަރަކާތްތެރި ނުކުރުވާތީ ޑރ.ޝަހީމް އަނެއްކާ ވެސް ކަންބޮޑުވުން ފާޅުކުރައްވައިފި

''އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" ގެ ނަމުގައި އުފައްދާފައިވާ ފަތުވާ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވެ އާ މެންބަރުން އައްޔަންނުކޮށް ގިނަ ދުވަސްވަމުންދާތީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަނެއްކާ ވެސް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ޤާނޫނަށް 25 އޭޕްރީލް 2016 ގައި ޢަމަލުކުރަން ފެށުމާއެކުއެކު އުފެދުނު ފަތުވާ މަޖިލިސް އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ.

ފަތުވާ މަޖިލީހަކީ ރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިޤްހީ އައު މައްސަލަތަކުގެ ދިރާސާތައްކޮށް، އެކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށްޓަކައި އުފެއްދި މަޖިލީހެކެެވެ.

Advertisement
Allied — Dhen Online (box)

ޑރ.ޝަހީމް މީގެ ހައެއްކަ ދުވަސްކުރިން ވިދާޅުވީ ފަތުވާ މަޖިލިސް ހަރަކާތްތެރި ކުރުވަންޖެހޭ ކަމަށެވެ. އަދި ޤައުމު ދީނީ ގޮތުން ބައިބައިވުމަށް ޖާގަ ނުދެއްވުމަށް ވެސް އިސްލާމިކް މިނިސްޓްރީއަށް ޓެގްކުރައްވައި ކުރެއްވި ޓުވީޓުގައި ގޮވައިލެއްވިއެވެ.

ޑރ.ޝަހީމް މިއަދު ވިދާޅުވީ ޤައުމުގެ ދީނީ އެއްބައިވަންތަކަން ހިފަހައްޓަން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އެ ގޮތުން ފަތުވާގެ ނިޒާމު ހަރުދަނާކުރަންޖެހޭކަމަށް ވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް