Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އިންޑިއާގެ ރައީސް ދްރޫޕަދީ ފުރަތަމަ ބައްދަލު ކުރެއްވި ވެރިޔަކަށް ރައީސް ޞާލިޙް

އިންޑިއާގެ ރައީސް ދްރޫޕަދީ ފުރަތަމަ ބައްދަލު ކުރެއްވި ވެރިޔަކަށް ރައީސް ޞާލިޙް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ރައީސް ދްރޫޕަދީ މުރްމޫއާ ބައްދަލު ކުރައްވައިފިއެވެ.

މިއީ ރައީސް ކަމާ އެކަމަނާ ހަވާލުވެ ވަޑައިގަތްފަހުން ބައްދަލު ކުރެއްވި ފުރަތަމަ ވެރިޔާކަން ފާހަގަކޮށްލެވެއެވެ. ރައީސް މުރްމޫއާ ރައީސް ކަމުގެ ހުވާ ކުރައްވާފައިވަނީ މިދިޔަ މަހު 25ގައެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ޞާލިޙް ވިދާޅުވީ ރާއްޖެއަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިންޑިއާގެ ބޮޑު ބައިވެރިއެއް އަދި ގާތް އެކުވެރިއެއް ކަމަށެވެ.

Advertisement
Ooredoo — Square (box)

ރައީސް ޞާލިޙް އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ އިންޑިއާގެ ބޮޑު ވަޒިރު ނަރެންދްރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ދްރޫޕަދީ ވިދާޅުވީ ރާއްޖޭގެ ތަރައްޤީގައި އިންޑިއާގެ ބައިވެރިވުން އަބަދުވެސް އޮންނާނެ ކަމަށެވެ. އަދި ދިފާއީ ސަލާމަތީ ކަންކަމުގައްޔާއި، އިޤްތިޞާދީ ކަންކަމުގައި ވެސް އިންޑިއާ އަބަދުވެސް ދިވެހިންނާއެކު ވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ދްރޫޕަދީ އިތުރަށް ވިދާޅުވީ، ކޮވިޑް-19 ދުވަސްވަރު ރާއްޖެއިންނާއި އިންޑިއާއިން ދެއްކި އެކުވެރި ކަމަކީ ސަރަހައްދަށް އޮތް ނަމޫނާއެއް ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައިވެސް މިފަދައިން ކަންތައް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް