އަދުރޭ, ދުންޔާއަށް: ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން މަޝްހޫރުވާން އުޅުނަސް އެކަމެއް ނުވާނެ

ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ނަންފުޅު ބޭނުންކޮށްގެން މަޝްހޫރުވާން އުޅުނަސް އެކަމެއް ނުވާނެކަމަށް ވިދާޅުވެ ޕީއެންސީގެ ނައިބު ރައީސް ޢަބްދުއްރަޙީމް (އަދުރޭ) , ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ރައީސް ޔާމިނާ ގުޅޭ ގޮތުން ދުންޔާ މިއަދު ދެއްކެވި ވާހަކައަށް ރައްދު ދެއްވައި އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާދޭސްކޮށްކޮށް ވެސް ޕީޕީއެމްއިން ދުންޔާ ބަލައި ނުގަތުމުން މިހާރު ހުރީ ޤައުމުގެ ޣައްދާރުންނާއެކު ކަމަށެވެ. އަދި އެ ޣައްދާރުންނާ އެއް ސަފަށް އަރައި ހުރެ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން މަޝްހޫރުވާން އުޅުނަސް އެކަމެއްނުވާނެކަމަށް އަދުރޭ ވިދާޅުވިއެވެ.
''ވަޒީރުކަމުން އިސްތިޢުފާ ދީފަ އާދޭސްކޮށްގެން ސްޓޭޓް މިނިސްޓަރަކަމަށް އައީ އެ ސަރުކާރު އަނިޔާވެރިވީމަތޯ.'' އަދުރޭ ސުވާލު ކުރެއްވިއެވެ.
ދުންޔާ ޢާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމިނުގެ ވެރިކަމުގެ ދައުރަކީ ރާއްޖެއަށް ކުރިމަތިވި ބިރުވެރި މޫސުމެއް ކަމަށެވެ.







ކޮމެންޓް