ދުނިޔެ

ޗައިނާއިން ޓައިވާނަށް ބިރު ދެއްކުގައި ފަސް ދުވަސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ޒިޔާރަތަކާ ގުޅިގެން ނުރުހުން ފާޅުކޮށް، ޓައިވާނަށް ބިރު ދެއްކުމުގެ ގޮތުން، ޗައިނާއިން ކުރިޔަށް ގެންދާ އަސްކަރީ ތަމްރީންތައް ކުރިޔަށް ގެންދާތާ ފަސް ދުވަސް ވެއްޖެއެވެ.

Ads by Sosun Fihaara

ތަމްރީނުތަކުގެ ދަށުން، ޗައިނާގެ އަސްކަރީ މަނަވަރުތައް ވަނީ ޓައިވާނުގެ ކަނޑުގެ ސަރަޙައްދު ވަށައިލާފައެވެ. އަދި، އަސްކަރީ މަތިންދާބޯޓުތައް ދަނީ، އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ވަންނަމުންނެވެ.

އިއްޔެ ވަނީ ޗައިނާއިން މިހާތަނަށް ބޭއްވި އެންމެ ބޮޑު މިލިޓަރީ ތަމްރީނުތައް ނިންމާލާފައެވެ. އެއީ ހަތަރު ދުވަހުގެ ތަމްރީނެކެވެ. އަދި މިއަދުން ފެށިގެން އައު ތަމްރީންތަކެއް ކުރިޔަށްދާނެ ކަމަށް ޗައިނާއިން އިއްޔެވަނީ ބުނެފައެވެ.

ޗައިނާއިން އަސްކަރީ ތަމްރީންތައް ކުރިޔަށް ގެންދަނީ ޓައިވާނަށް ބިރު ދެއްކުމުގެ ގޮތުންނެވެ. ޓައިވާނުގެ އަސްކަރިއްޔާއިން މިދިޔަ ފަސް ދުވަހު އޮތީ ތައްޔާރީ ހާލަތުގައެވެ.

ޗައިނާއިން ކުރިޔަށް ގެންދާ އަސްކަރީ ތަމްރީންތަކުގައި ޓައިވާނުގެ ވައިގެ ސަރަހައްދަށް ވަންނަމުންދާ ކަމަށް ޓައިވާންއިން ބުނެއެވެ.

ޓައިވާނުގެ ދިފާޢީ ވުޒާރާއިން ބުނީ، ޗައިނާގެ އަސްކަރީ މަތިންދާބޯޓުތައް 49 ފަހަރެއްގެ މަތިން އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ވަނުމުން، އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތައް އެ ސަރަޙައްދުތަކަށް ފޮނުވާފައިވާ ކަމުގައެވެ. އަދި، ޗައިނާގެ އުޅަނދުތައް ފައްސައިލާފައި ވީ ނަމަވެސް، އެއްވެސް ކުރިމަތިލުމެއް ހިނގާފައި ނުވާ ކަމަށް އެ ޤައުމުން ބުނެއެވެ.

މީގެ އިތުރުން، ޗައިނާގެ ހަތް އަސްކަރީ ޑްރޯންއެއް ޓައިވާނުގެ ރަށްތަކެއް ކަމުގައިވާ ކިންމެންއާއި މަޓްސޫ ކައިރިން ދަތުރު ކުރަން ފެށުމުން "ފްލެއަރ" ބޭނުން ކުރަން ޖެހުނު ކަމުގައި ވެސް ޓައިވާނުން ބުނެއެވެ. އަދި، މި ކަމާ ގުޅިގެން ޓައިވާނުން ވަނީ އެ ޤައުމުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައިވާ މިސައިލް ޑިފެންސް ސިސްޓަމްތައް ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!