ފާޅުގައި ދީނުގެ އަސާސްތައް މުގުރަމުންދާ މީހުންނާ ދެކޮޅަށް އެޅޭ ހަމަ އެއްވެސް ފިޔަވަޅެއް ނެތް: ޝައިޚް ނިޝާން
ފާޅުގައި ދީނުގެ އަސާސްތައް މުގުރަމުންދާ މީހުންނާ ދެކޮޅަށް އެޅޭ ހަމަ އެއްވެސް ފިޔަވަޅެއް ނެތްކަމަށް ވިދާޅުވެ އައްޝައިޚް އާދަމް ނިޝާން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ނިޝާން މިހެން ވިދާޅުވީ ޒިނޭއާއި ލިވާތުކުރުމާ ގުޅޭ ގޮތުން
އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. އިބްރާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޒިނޭއާއި ލިވާތުކުރުމަކީ ކުށެއް ކަމަށެވެ.
ނަމަވެސް އެއީ ދެ މީހަކު, ނުވަތަ އެއަށްވުރެ ގިނަ މީހުން ރުހުމުގައި އެކަހެރިވެގެން ތިބެ ކުރާ ކަމެއް ކަމަށާއި, އެކަމަކުން އެހެން މީހެއްގެ ފުރާނައަށް ނުވަަތަ ޖިސްމަށް ނުވަތަ މުދަލަށް ނުރައްކަލެއް ނެތް ކަމަށެވެ. އަދި އެކަމުން އެހެން މީހެއްގެ މިނިވަންކަމަށް ހުރަހެއް ނޭޅޭ ކަމަށް ވެސް ވިދާޅުވިއެވެ.
އެ ގޮތުން ނިޝާން ވިދާޅުވީ ދީނީ ''އަޅުގަނޑުމެންގެ ހުއްދަ ހިފަހައްޓައި ސަސްޕެންޑްކޮށް ކަންކަން ކުރުމަށް'' އިސްލާމިކް މިނިސްޓްރީއަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅޭ ކަމަށެވެ.
އެކަމަކު ފާޅުގައި ކުފުރާއި ޝިރުކަށް ގޮވާލައި, މަތިވެރި އިލާހާއި އެ އިލާހުގެ ރަސޫލާއަށް ފުރައްސާރަކޮށް, ދީނުގެ އަސާސްތައް މުގުރަމުންދާ މީހުންނާ ދެކޮޅަށް އެޅޭ ހަމަ އެއްވެސް ފިޔަވަޅެއް ނެތްކަމަށް ވެސް ނިޝާން ވިދާޅުވިއެވެ.
ނިޝާންގެ އިތުރުން ވެސް ބައެއް ޢިލްމްވެރިން ގެންދަވަނީ އިބްރާއާމެދު ފިޔަވަޅު ނާޅާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިސްލާމްދީނުގައި ޒިނޭ އާއި ލިވާތު މީހެއްގެމައްޗަށް ސާބިތުކުރުން އޮންނަނީ ކިހިނެއްތޯ. ؟ ތިޔަގޮތަށް ބޮޑެތި ފާފަތަކުގެ ވާހަކަ އިސްތިހާރުކޮށް އެންމެން ދަންނަ މުރުތައްދު ވެފައިތިބޭ ޖާހިލުންނާ ޖަދަލުކޮށް އަބަދުމެ އެވާހަކަ މުޖުތަމައުގައިި ދެއްކުންތޯ އޮންނަނީ.. ؟މުސްކުޅިން ބުނެއުޅުނު ފަހުޒަމާނުގައި އަންނާނެއޭ ދަންނަބޭކަލުންތަކެއް ކާނީ ފުޅައޭ..
ބަލަގަ، އަދިވެސް ރާއްޖޭގެ ގިނަ މީހުންނާއި ނޫސްވެރީންނަށް ވާނުވާއެއް ނޭޏގޭދޯ؟ އެމްޑީޕީ އުފެއްދީ ވެސް މި ރާއްޖެއަކީ ވެސް ސެކިޔުލާރ ގައުމަކަށް ހަދާން ބޭރު ލާދީނީ ޖަމުއިއްޔާތަކުގެ އެހީގައި. ނަޝީދަކީ ކިތަންމެ ލާދީނީ ވިޔަސް މަކަރުވެރިކަން ކުޑަ މީހަކަށް ވާތީ އޭނާއަށް އެކަން ފުރިހަމަ ނުވީ. އަންނިގެ މިތުރު އިބޫއަކީ މަކަރުވެރިއެއް ކަމަށް ވާތީ އަންނި، އޭނަޔާ ޚިޔާޅު ތަފާތު ކަމަށް މީހުންނަށް ދައްކައިގެން ހަމަ ލާދީނީ އެޖެންޑާ މިހާރު މާ ބާރަށް ފަތުރަމުން އެ ގެންދަނީ. އިސްލާމް ދީނާ ޚިލާފު ޚިޔާލެއް ފާޅުކޮށްގެން ޢަމަލެއް ހިންގައިގެން މި ސަރުކާރު އޮތްހާ ދުވަހަކު މީހަކަށް އަދަބެއް ނުލިބޭނެ. އެކަމަކު އިސްލާމް ދީނުގެ ދިފާޢުގައި ނުވަތަ މުންކަރާތް ނަހީކުރުމަށް މީހަކު ޚިޔާލުފާޅުކޮށްފި ނަަމަ، ހަރުކައްޓޭ ޓެރަރިޒަމޭ ކިޔަިގެން އެ މީހަކު ކުށްވެރިކުރެވޭތޯ މުޅި ސަރުކާޜު ތެޅޭނެ.