ޚަބަރު ސިޔާސީ

މޮސްޓާ, ނަޝީދަށް: ތި އުޅެނީ އިތުބާރު ނެތްކަމަށް ވޯޓު ނަގާފާނެތީ ބިރުން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އުޅުއްވަނީ އިތުބާރު ނެތްކަމަށް ވޯޓު ނަގާފާނެތީ ބިރުންކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.

Ads by STELCO

މީގެ ކުރިން ރައީސް ނަޝީދު ވަނީ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލަށް ފާޑުވިދާޅުވެ އޭނާއާ ދެކޮޅަށް އެތައް ވާހަކައެއް ދައްކަވައިފައެވެ. ނަމަވެސް ރާގު ބަދަލުވެ, ނަޝީދު މިހާރު ވިދާޅުވަނީ ފައްޔާޟާ ދެކޮޅަށް ނިކުމެވަޑައިގެންނެވުމަކީ ހެއްދެވުނު ގޯހެއް ކަމަށާއި, އެ މަނިކުފާނު ލައްވައި އެކަން އެހެން ކުރުވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ހުސެން) ކަމަށެވެ. އަދި މާލެ ވަޑައިގެންފައި މއ.ބޯގަންވިލާއަށް ( ފައްޔާޟްގެ އަރިހަށް) ވަޑައިގެން މާފަށް އެދިވަޑައިގަންނަވާނެ ކަމަށެވެ.

މޮސްޓާ ވިދާޅުވީ އިތުބާރު ނެތްކަމަށް ވޯޓު ނަގާފާނެތީ ނަޝީދު ބިރު ގަތީ ކަމަށާއި, ނަޝީދަކީ އަބަދުވެސް ޢިއްޒަތާ މަޤާމަށް އުޅުނު މީހެއްކަން މިއަދު ހުރިހާ ދިވެހި ރައްޔިތުން ވެސް ދަންނާނެ ކަމަށެވެ. އަދި ފައްޔާޟް މޮޅުވެއްޖެކަމަށް ގަބޫލުކޮށް އަވަހަށް އިސްތިއުފާދިނުމަށް ވެސް މޮސްޓާ ވިދާޅުވިއެވެ.

''މުރައިދޫގެ އިން ނިކުންނަން މާގިނަ ދުވަހެއްނެތް ދެން. ފައްޔާޟް މޮޅުވެއްޖެ ކަމަށް ގަބޫލުކޮށް އިސްތިއުފާދީ ދެން.''

އެމްޑީޕީތެރޭގައި ''ބްރޯ'' ހެދިގެން ނޫޅުއްވުމަށް ފައްޔާޟު ގާތު ވިދާޅުވެ, ފައްޔާޟްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަން ވެސް މަސައްކަތް ކުރެއްވި ނަޝީދު މީގެ ކުރިން ގެންދެވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި މި ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ވެސް ފާޑުވިދާޅުވަމުންނެވެ.
އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ކޮއްކޮ, ނާޒިމް ޢަބްދުއްސައްތާރު ހައްޔަރުކުރުމުން ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެ ގޮތުން ރައީސް ޞާލިޙް ބަދުއަޚްލާޤީ ޢަމަލު ހިންގަވާ މަންޒަރު ފެންނަ ހަތަރު ފޮޓޯ އަތްޕުޅުގައި އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.

އެ ގޮތުން މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ ރައީސް ޞާލިޙަށް ވަފާތެރި މެންބަރުން މަސައްކަތް ވެސް ކުރެއްވިއެވެ. ނަމަވެސް ރައީސް ނަޝީދާއެކު މަޝްވަރާކުރުމަށްފަހު މިހާރު ވަނީ އެ މަސައްކަތް ހުއްޓާލައިފައެވެ. އަދި ނާޒިމް ބަންދުން ދޫކޮށްލުމުން ނަޝީދުގެ ރާގު ވެސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.

  1. ދެންހިޔެއްނުވެ ނަގާފާނެހެނެށްއެއީކުޅޭކުޅިގަޑެށްއެހެންމީހުންތިބޭގޮތެއބަލައ

  2. ގުއިއްޒު

    މޮޔައިން ދައްކާވާހަކަވެސް ކަލޭމެންނަށް ވަނީ ބޮޑު ޚަބަރަކަށް ދޯ.