ޚަބަރު

ނަޝީދު ހިސާބު ޖައްސަވައިފި: މި ސަރުކާރަށް ރިޔާސީ އިންތިޚާބުގައި ލިބޭނީ 27 އިންސަައްތަ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

ވެރިކަމުގެ ނިޒާމު ބަދަލުކުރަން އެއްބަސްނުވާނަމަ ސަރުކާރަށް ލިބޭނީ 27 ޕަސެންޓް ވޯޓް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދު މިހެން ވިދާޅުވީ، ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދުމަށް މިހާރު ރައީސް ނަޝީދު ސިލްސިލާކޮށް، އެމްޑީޕީގެ ހަރުގޭގައި ބާއްވަމުން އަންނަ ޖަލްސާގެ ތެރެއިން މިރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ނަޝީދު މިރޭގެ ޖަލްސާގައި ވަނީ ހިސާބު ޖައްސަވާފައެވެ. މިގޮތުން. 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ވޯޓްދިން 233،873 މީހުންގެ ތެރެއިން، އޭގެ ތެރެއިން 42 އިންސައްތަ މީހުން ކަމަށްވާ، 98،233 މީހުންނަކީ ޕީޕީއެމް މީހުން ކަމަށާއި، އެމްޑީޕީގެ ސަރުކާރަކާއެކު އެ މީހުން މަސައްކަތް ނުކުރާނެ ކަަމަށް ވިދާޅުވިއެވެ. އަދި ވޭދުވެދިޔަ އިންތިޚާބުތަކަށް ބަލާނަމަ، ބާކީތިބި 135،000 މީހުންގެ ތެރެއިން 12 އިންސައްތަ ޖުމްހޫރީ ޕާޓީން ކަމަށް ވިދާޅުވިއެވެ. އަދި  ޖުމްހޫރީ ޕާޓީގެ 16،000 ވޯޓް، ބާކީތިބި 135،000 މީހުންގެ ތެރެއިން ނެގުމުން ވާނީ 119،000 ވޯޓް ކަމަށް ވިދާޅުވިއެވެ. އަދި އެމްއާރުއެމްއާއި އަދާލަތުން ޖުމްލައެއްކޮށް ނަގަނީ 7،000 ވޯޓް ކަމަށާއި މިހެންކަމުން އެމްޑީޕީއަށް އެކީގައި ނެގެން އޮތީ 112،000 ވޯޓް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ޤަަބޫލުކުރާ ގޮތުގައި، އޮނިގަނޑުގެ ބަދަލާއި ނިޒާމީ ބަދަލު ނުގެނެވިއްޖެނަމަ އެމްޑީޕީ މެންބަރުންގެ ތެރެއިން 42 ޕަސެންޓް މެންބަރުން ސަރުކާރަކަށް ވޯޓެއް ނުދޭނެ. އެއީ 47،000 މީހުން. އެއްކަލަ 112،000އިން މި 47،000 ނެގީމާ ބާކީ މިއޮތީ 65،000 ވޯޓް. އެއީ ޖުމްލަ ވޯޓްލާ މީހުންގެ 27 ޕަސެންޓް" މިއީ ހިސާބުން ވަރަށް ސާފުކޮށް ފެންނަން އޮންނާން އޮތް ޙަޤީޤަތެއް ކަމަށާއި ސިޔާސީ ވާހަކައެއް ނޫން ކަމަށް ވެސް ރައީސް ނަޝީދުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް އަދި ނިޒާމީ ވޯޓަށް ފުރުސަތު ދިނުން އެއީ ބުއްދިވެރި ކަމެއް ނޫން ގޮތުގައި ދެކޭ އެމްޑީޕީގެ ހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ފެންނަ ނުފެންނަ ވޯޓެއް އެމްޑީޕީގެ 42 ޕަސެންޓް މެމްބަރުންނަށް ނުލިބިއްޖެނަމަ އެމީހުން އެބަ ދުރުވޭ."

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރިޔާސީން ބަރުލަމާނީއަށް ބަދަލުކުރަން އެމްޑީޕީގެ ކޮންގްރެސް އަށް ރައީސް ނަޝީދު ވަނީ ޤަރާރެއް ހުށަހަޅުއްވާފައެވެ. މި ޤަރާރަށް ތާއީދު ނުކުރައްވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ވިދާޅުވެފައެވެ.

Ads by HDC
  1. މިހާރު މިއޮތީ ކޯލީޝަން ރައްޔިތުންގެ ބޮޑު ސަރުކާރު ކިހިނެއް މަދުންލިބޭނެ ވާހަކަ ތިޔަދައްކަވަނީ، ރައްޔިތުންގެ ބޮޑު ކޯލީޝަން ސަރުކާރަށް ގިނަ ވޯޓް ލިބި ބޮޑުކޮށް ތާއީދުވެސް ލިބޭނެ !

  2. ސަމަދުބެ

    ތިކަހަލަ ހިސާބު އަބްދުލް ރަހީމުވެސް ގަބޫލެއް ނުކުރާނެ!

  3. ތޮއިލާ

    އޯކޭ. ސޯލޭއަށް 27 . ކެނެރީގޭ ލާދީނީއަށް 2 ޕަސެންޓް.

  4. ކެންސަލް

    ރައްޔިތުންގެެ ތާއީދުު ތިހާކުޑަބަޔަކުު މާއަނގަބޮޑުވެގެންް ތިތެޅިފޮޅެނީީ ކޮންކަމާހެދިގެންް ރައްޔިތުންނައްް މިހާރުއޮޅުލާއޮޅުވާލުންތައްް ހާމަވީީކަމައްގަބޫލުު ކުރީތަަ ނޫނީީ އިބޫއައްް އޮތްބޮޑުތާއީދައްް ހަސަދަވަނީތަަ އަމިއްލަޔައްް ބޭކާރުވެފަަ ކޮންވާހަކައެއްދައްކާންް ތިފަށަނީީ ތިހުރީހަމަރަގަޅައްް މޮޔަފުޅުވެފަަ