ޚަބަރު ސިޔާސީ

އެމްޑީޕީގެ ގިނަ މެންބަރުން އެދެނީ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ވޯޓެއް ނެގުމަށް: ނަޝީދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

އެމްޑީޕީގެ ގިނަ މެންބަރުން އެދޭ ގޮތަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ފެންނަަ ނުފެންނަ ވޯޓަކަށް ދިއުންކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުން އެދޭ ރަނގަޅު ގޮތް އެނގޭނީ ހަމަ ރައްޔިތުންނަށް ކަމަށާއި އެ ގޮތް ހޯދޭނީ ފެންނަަ ނުފެންނަ ވޯޓަކުން ކަމަށެވެ. އަދި އެމްޑީޕީގެ ގިނަ މެންބަރުން އެދޭ ގޮތަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން މިފަދަ ވޯޓެއް ނެގުންކަމަށް ނަޝީދު ވިދާޅުވިއެވެ.

''ރައްޔިތުންގެ ގާތުގައި އެހުމަކީ އެކަކަށް ވެސް އިންކާރު ކުރެވޭނެކަމެއް ނޫން.'' ނަޝީދު ވިދާޅުވިއެވެ.

މާދަމާ އެމްޑީޕީގެ ކޮންގްރެސް ބާއްވާއިރު ރައީސް ނަޝީދު ވަނީ
ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށާއި, އެ ވޯޓުގެ ނަތީޖާއަކީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ފާސްވެއްޖެނަމަ ޤާނޫނުއަސާސީއަށް އެ ބަދަލުތައް ގެނައުމަށް އެމްޑީޕީ ކޮންގްރެސްއަށް ޤަރާރެއް ހުށަހަޅުއްވައިފައެވެ.

ނަމަވެސް މިއީ ބަރުލަމާނީ ނިޒާމު ގެނައުމަށްވުރެ މި ވަގުތު ރަނގަޅީ ޤައުމުގައި ހުރި މައްސަލަތައް އިސްލާހުކުރުން ކަމަށާއި, ރާއްޖެއަށް އަދިވެސް ރަނގަޅީ ރިޔާސީ ނިޒާމުކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ނަޝީދު ހުށަހެޅުއްވި ޤަރާރު އަނބުރާ ގެންދަވަން ވެސް ގޮވައިލައްވައިފައެވެ.

Ads by HDC
  1. ބޭކާރުހަރަދުކުރަންނޫޅެ އެހެންނަމަ ތި ު.ިވަރަ،ް މީބުން ހަރުގެއަށްޖަމާވީސް