ޚަބަރު އިޖުތިމާޢީ

ސިއްހީ ނިޒާމަށް މިހާ ބޮޑަށް އަޅައިލާ, އިންގިލާބެއް ގެނައި ސަރުކާރެއް ހަޔާތުގަ ވެސް ނުދެކެން: ނަސީމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މިނިސްޓަރު ނަސީމް. ފޮޓޯ: ވީ ނިއުސް

މިހާތަނަށް ސިއްހީ ނިޒާމަށް މިހާ ބޮޑަށް އަޅައިލާ, ޒަމާންތަކަށް ދެމިގެންދާނެ އިންގިލާބީ ބަދަލެއް ގެނައި އެއްވެސް ސަރުކާރެއް ހަޔާތުގައި ވެސް ދެކެވަޑައިނުގަންނަވާކަމަށް ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އެމްޑީޕީގެ ކޮންގްރެސްގައި މިއަދު މެންދުރުފަހު ވާހަކަދައްކަވަމުން ނަސީމް ވިދާޅުވީ ދުޅަހެޔޮ ސިއްހަތެއް ނެތި ތަހުޒީބާއި ތަމައްދުންގެ މާނައެއް ނޯންނާނެ ކަމަށާއި, ތަރައްޤީ ބިނާކޮށް ބައްޓަންކުރުމާއި މާލީ ފުދުންތެރިކަމުގެ ފައިދާ ލިބިގަނެވޭނީ ފުރިހަމަ ސިއްހަތެއްގައި އެންމެން ވެސް ތިބެގެން ކަމަށެވެ.

''ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު އެންމެ އިސްކަމެއްދިން އެއް ކަމަކީ އޭރު ވަރަށް ނިކަމެތި ހާލަތެއްގައި އޮތް ސިއްހީ ދާއިރާ ވަކިން ޚާއްސަކޮށް ސިއްހީ ޚިދުމަތްތަކުގެ ނިޒާމު ޒަމާނީކޮށް ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ގާތުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން''

ނަސީމް ވިދާޅުވީ ސަރުކާރު ސިއްހީ ސިޔާސަތު ބައްޓަން ކުރީ އެ ދާއިރާއަށް އުންމީދީ އިންގިލާބީ ބަދަލެއް ގެނައުމަށް ކަމަށެވެ. އަދި ސިއްހީ ނިޒާމަށް މިހާ ބޮޑަށް އަޅައިލާ, ޒަމާންތަކަށް ދެމިގެންދާނެ އިންގިލާބީ ބަދަލެއް ގެނައި އެއްވެސް ސަރުކާރެއް ހަޔާތުގައި ވެސް ދެކެވަޑައިނުގަންނަވާކަމަށް ނަސީމް ވިދާޅުވިއެވެ.

''އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ މިހާތަނަށް ސިއްހީ ނިޒާމަށް މިހާ ބޮޑަށް އަޅައިލާ ޒަމާންތަކަށް ދެމިގެންދާނެ އިންގިލާބީ ބަދަލެއް ގެނައި އެއްވެސް ސަރުކާރެއް އަޅުގަނޑުގެ ހަޔާތުގަ ނުދެކެން.''

ނަސީމް ވިދާޅުވީކޮވިޑާ ގުޅިގެން މުޅި ސިއްހީ ނިޒާމަށް ވަރަށް ބޮޑު ލޮޅުމެއް އައި ކަމަށާއި އެކަމުގައި ދެ އަހަރާބައި ހޭދަވި ނަމަވެސް ފާހަގަކުރެވޭ ކާމިޔާބީތަކެއް ސިއްހީ ދާއިރާއިން ހޯދިފައިވާ ކަމަށެވެ.

އެ ގޮތުން ކޮވިޑު ކޮންޓްރޯލް ކުރެވި އޭގެ ހިތްހަމަޖެހުން ރައްޔިތުންނަށް ލިބިފައިވާކަމަށާއި, އެއީ ކޮވިޑުގެ ކަންކަމުގައި އިސްވެ ހުންނަވައި ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ޙިކުމަތްތެރި, އޯގާތެރި, ވިސްނުންތެރި, ރޭވުންތެރި ފިޔަވަޅުގެ ނަތީޖާކަމަށް ވިދާޅުވެ ނަސީމް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވައިފައެވެ.

  1. މަސްދޯނި

    ނަސީމްމިހާރުު މާމުސްކުޅިވެެ ލޯބޯއަދިި ވިސްނުންކޮށިވެފާވާމީހެއްް ހިންގާލެވޭނީީ ޒުވާންވިސްނުންތެރިންނައްް ތިބޭޅާގެެ ވިސްނުމައްކުރާކޮންމެކަމެއްް ވެގެންދާނީި ބޭކާރުު ޚަރަދަކައްް އަދިބޮޑުވެގެންވާާ އިސްރާފަކައްް އަވަހައްް އިސްތިއުފާދީފަަ ގެއައްް ވަޑައިގަންނަވާާ