Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ޕީޕީއެމް ވެރިކަމަށް އަތުވެދާނެތީއޭ ބުނެ އެމްޑީޕީއާއެކު އަބަދު މި ގޮތަށް ނުހުރެވޭނެ: ނަޝީދު

ޕީޕީއެމް ވެރިކަމަށް އަތުވެދާނެތީއޭ ބުނެ އެމްޑީޕީއާއެކު އަބަދު މި ގޮތަށް ނުހުރެވޭނެ: ނަޝީދު

ޕީޕީއެމް ވެރިކަމަށް އަތުވެދާނެތީއޭ ބުނެ އަބަދު މި ގޮތަށް ނުހުންނެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކޮންގްރެސްގެ ފުރަތަމަ ދަންފަޅިއަށްފަހު ބައިވެރިން މެންދުރުގެ ކެއުމަށް އިންސާފު ކުރައްވަން ތިއްބެވި ވަގުތު ކޮޅަށް ތެދުވެވަޑައިގެން ނަޝީދު ވަނީ އޭނާ އަބަދުވެސް ދެކެވަޑައިގަންނަވަމުން ގެންދަވާ ހުވަފެން ޙަޤީޤަތަށް ހެއްދެވުމަށްޓަކައި އާދޭސް ދަންނަވައިފައެވެ.

ބަރުލަމާނީ ނިޒާމް ގެނައުމަށް އެމްޑީޕީގެ އެއްބަޔަކު ތާއީދުކުރާއިރު އަނެއް ބަޔަކު އެކަމަކަށް ތާއީދެއް ނުކުރެއެވެ. ބަރުލަމާނީ ނިޒާމު ގެންނަން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށާއި ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީކަމަށް ފާސްވެއްޖެނަމަ ޤާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމަށް ގޮވާލައްވައި ނަޝީދު ކޮންގްރެސްއަށް ހުށަހެޅި ޤަރާރު އަނބުރާ ގެންދަވަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވަނީ އެދިވަޑައިގެންފައެވެ.

Advertisement
Ooredoo — Square (box)

ނަޝީދު ވިދާޅުވީ ދެބައި މީހުންނަށް އެކީ މަސައްކަތް ކުރެވޭނެ ގޮތެއް ވިސްނަންޖެހޭ ކަމަށެވެ.

''މި ތަނަށް ވަޑައިގެން ތިއްބެވި ގޮފިތަކުގެ ރައީސުން ވެސް އަދި ކައުންސިލުތަކުގެ މެންބަރުން ވެސް މިކަމާ ވިސްނަވާ. ވިސްނަވާފައި އަޅުގަނޑަށް ވެސް ތިބޭފުޅުންނާ އެކީގާ ތިބެވޭނެ ގޮތަކަށް ކަންކަން ރާވާ. އަޅުގަނޑަކަށް ނެތް, އަޅުގަނޑަކަށެއް ނެތް ކަންކަން ހަމަނުޖެހެނީހެއް, ހަމަ ޕީޕީއެމް ވެރިކަމަށް އަތުވެދާނެތީއޭ ބުނެ އަބަދު މި ގޮތަށް ހުރެވޭކަށް ނެތް. އެއީ ރާއްޖޭގެ ރައްޔިތުން ކުރާނެކަމެއް ނޫން. މިފަހަރު މާލޭގަ ކައުންސިލު އިންތިޚާބުގަ ވެސް އަޅުގަނޑުމެންނަށް އެކަން ފެނުނު.''

ނަޝީދު ވިދާޅުވީ ކައުންސިލު އިންތިޚާބުގައި މުޅި މާލޭގެ އެއްކޮޅުން އަނެއް ކޮޅަށް ހިންގެވި ކަމަށާއި ނަމަވެސް އެމްޑީޕީއަށް ވޯޓެއް ނުދިން ކަމަށެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީގެ ހުރިހާ މެންބަރުން އެކީގައި ނުކުމެގެން ނޫން ގޮތަކަށް ކާމިޔާބެއް ލިބެން ނެތް ކަމަށެވެ.

މަންދޫބުންނާއި މުޚާތަބު ކުރައްވައި ނަޝީދު އިތުރަށް ވިދާޅުވީ ''ތި ބޭފުޅާ މިހާރު ހުންނެވި ވަޒީފާ ސަލާމަތް ކުރެވެން އޮންނާނީ އަޅުގަނޑުމެންނަށް އިތުރު ދައުރެއް ލިބިގެން'' ކަމަށާއި އެންމެން އެކީގައި ނުތިބޭހައި ހިނދަކު އެ ދައުރެއް ނުހޯދޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް