Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ޤަރާރު އަނބުރާ ގެންދަވަން ނިންމަވައިފި

ޤަރާރު އަނބުރާ ގެންދަވަން ނިންމަވައިފި

ބަރުލަމާނީ ނިޒާމު ގެނައުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި, ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމުކަމަށް ފާސްވެއްޖެނަމަ ޤާނޫނުއަސާސީއަށް އިސްލާހު ގެންނަން އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްއަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި ޤަރާރު އަނބުރާ ގެންދަވަން ނިންމަވައިފިއެވެ.

ނަޝީދު ހުށަހެޅުއްވި ޤަރާރު އަނބުރާ ގެންދަވަން ނިންމެވިއިރު ކޮންގްރެސްގެ ތާއީދު ނެތްކަން މިހާތަނަށް ކުރެވުނު މަޝްވަރާތަކާއި މެންބަރުންގެ ވާހަކަތަކުން ވަނީ ހާމަވެފައެވެ.

މީގެ ކުރިން ރައީސް ޞާލިޙް ވެސް ވަނީ އެ ޤަރާރު އަނބުރާ ގެންދަވަން އެދިވަޑައިގެންފައެވެ. ނަމަވެސް މިއަދާ ހިސާބަށް ވެސް ނަޝީދު ހުންނެވީ ޤަރާރު އަނބުރާ ނުގެންދެވުމަށް ނިންމަވައިގެންނެވެ.

Advertisement
HDC — Sidebar (box)

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޤަރާރު އަނބުރާ ގެންދަވަން ނިންމެވީ މިއަދު ކޮންގްރެސްގެ ތެރޭގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި, ނަޝީދާ ދެ ބޭފުޅުން ކުރެއްވި މަޝްވަރާތަކުގައެވެ. އެ މަޝްވަރާތަކުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ވެސް ބައިވެރިވެވަޑއިގަތެވެ. ނަމަވެސް އެ މަޝްވަރާތަކުގައި ދެކެވުނީ ކޮން ވާހަކައެއްކަމެއް ނޭނގެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް