ދުނިޔެ

އިންޑިއާގައި މިސްކިތެއްގެ އިމާމުގެ މޫނަށް އެސިޑު އުކި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މުސްލިމުން ދެކެ ޣައިރު މުސްލިމުން ނަފުރަތު ކުރުމާއި އެކިއެކި އަނިޔާއާއި ދުއްތުރާކުރުމަކީ ޒަމާނުއްސުރެ ހިނގަމުން އަންނަ ވަރަށް ވެސް ހިތާމަހުރި ކަމެކެވެ.

Ads by WAMCO

އަވަށްޓެރި އިންޑިއާގައި މުސްލިމުންނަށް ކުރަމުން އަންނަ ގޯނާތައް ވެސް އިންތިހާއެވެ. އެޤައުމުގެ ހިންދޫ ދީނަށް އުޅޭ ހަރުކަށި ފިކުރުގެ ގިނަ މީހުންނަކީ މުސްލިމުންނަށް އަނިޔާ ދެމުން އަންނަ ބައެކެވެ. އެފަދަ ލާއިންސާނީ ޢަމަލު ހިންގުމުގައި އެމީހުން އެޤައުމުގެ މުސްލިމުން ވެސް އިސްތިސްނާއެއް ނުކުރެއެވެ.

އެގޮތުން މިއީ ވެސް އެފަދައިން މިއަހަރު ހިނގި ހާދިސާއެކެވެ. ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު، އިންޑިއާގެ ވެރިރަށް ނިއު ދިއްލީ ގައި ހިންދޫއިންގެ ހަރުކަށި ފިކުރުގެ ބަޔަކު ވަނީ ޝިވް ވިހާރް ގައި ހުރި މިސްކިތެއްގެ އިމާމަކަށް ވަރަށް ބޮޑަށް އަނިޔާކޮށް ޒަޚަމްކޮށްލާފައެވެ.

އުމުރުން 54 އަހަރުގެ އެއިމާމަށް އަނިޔާކޮށް، އޭނާ ލައިގެން ހުރި ކުރުތާ ވީދާލުމުގެ އިތުރުން ހިތުގައި އެއްވެސް ރަހުމެއް ނެތް އެހިންދޫއިން ވަނީ އިމާމުގެ މޫނަށް އެސިޑު ވެސް އުކާފައެވެ.

އެދުވަސްވަރަކީ އިންޑިއާގައި ދިރިއުޅޭ މުސްލިމުންނާއި ދެކޮޅަށް ގިނަގުނަ ހަމަލާތަކެއް ދިންް ދުވަސްކޮޅެކެވެ. އެގޮތުން ދިއްލީގައި ދެމުންދިޔަ އެހަމަލާގައި ތިރީހަކަށް މުސްލިމުން ޝަހީދު ކޮށްލާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެއެވެ.

Ads by HDC
  1. ހހަަަަަަކކކ

    ގެރިމޯދީގެ ސަރުކާރުން ހިތްވަރު ދީގެން ކުރާކަމެއް. ރާއަޖޭ ސަރުކާރުން ބުނި އޯކޭއޭ