ޚަބަރު ސިޔާސީ

ހަރުކަށި ފިކުރުގެ އަމަލުތައް ހުއްޓުވަން ކުރާ މަސައްކަތް ހަރުދަނާކުރަންޖެހޭ: ނަޝީދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ނަޝީދު. ފޮޓޯ: ހަތާވީސް

ހަރުކަށި ފިކުރުގެ އަމަލުތައް ހުއްޓުވަން ކުރާ މަސައްކަތް ހަރުދަނާކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ނަޝީދު އެހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ޞާލިޙަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި އިންތިޒާމުވެގެން ހިނގާ ހަރުކަށި ފިކުރުގެ އަމަލުތައް ހުއްޓުވުމަށް ކުރާ މަސައްކަތް މާ ބޮޑަށް ހަރުދަނާވެ އިތުބާރު ހިފެންޖެހޭ ކަމަށެވެ. އަދި ޢަލީ ޞާލިޙަށް ދިން ނުރައްކާތެރި ހަމަލާ އިންތިހާއަށް ކުށްވެރިކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

''ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު ޢަލީ ޞާލިޙަށް މިއަދު ދިން ނުރައްކާތެރި ހަމަލާ އިންތިހާއަށް ކުށްވެރިކުރަން. ރާއްޖޭގަ އިންތިޒާމުވެގެން ހިނގާ ހަރުކަށި ފިކުރުގެ އަމަލުތައް ހުއްޓުވުމަށް ކުރާ މަސައްކަތް މާ ބޮޑަށް ހަރުދަނާވެ އިތުބާރު ހިފެންޖެހޭ.'' ރައީސް ނަޝީދު ވިދާޅުވިއެވެ.

ޢަލީ ޞާލިޙް މަރައިލާނެކަމަށް އިންޒާރުދީ, އޭނާއަށް ހަމަލާދިނީ ރ.މަޑުއްވަރީ މީހެކެވެ. އޭނާއަކީ މިދިޔަ ޖުލައި ފުރަތަމަ ދުވަހު ހުކުރު ވަގުތު ކިންގް ސަލްމާނު މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކޮށް ހަމަނުޖެހުން ހިންގައިގެން ފުލުހަށް ގެންދިޔަ މީހާއެވެ. ނަމަވެސް އެއީ ނަފްސާނީ މީހެއްކަމަށް ބުނެ ދޫކޮށްލީއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!