ޚަބަރު

އެސްއޯއެފްގެ އެކައުންޓް އަންފްރީޒްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދައުރުކުރުމަށް ބޭނުން ކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓް ފްރީޒްކޮށްފައި ވަނިކޮށް، އެ އެކައުންޓް ދޫކޮށްލުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

Ads by STELCO

އެ ކުންފުނީގެ އެކައުންޓް ފްރީޒްކޮށްފައިވަނީ، 2020 ވަނަ އަހަރުގެ ތެރޭގައި ސިވިލް ކޯޓުގެ އަމުރަކުންނެވެ. ސިވިލް ކޯޓުން އޭރު ވަގުތީ އަމުރެއް ނެރުނީ އެމްއެމްޕީއާރުސީ އަށް މީހަކު ދިން 2.5 މިލިއަން ޑޮލަރުގެ ޗެކެއް އެސްއޯއެފް އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އެ ފައިސާ ހޯދަން ދައުލަތުން ދައުވާކޮށް ވަގުތީ އަމުރަކަށް އެދުމުންނެވެ.

އެސްއޯއެފްއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދައުރުކޮށް، މަނީ ލޯންޑާކުރި އެންމެ ވަރުގަދަ ފަރާތް ކަމަށް ދައުލަތުން ތަކުރާރުކޮށް ބުނި ނަމަވެސް އެ ކުންފުނީގެ އިސް ފަރާތްތަކަށް ދައުވާއެއް ނުކުރެއެވެ. ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ހެކި ހޯދުމުގެ ގޮތުން ކަމަށެވެ.
މި ސަރުކާރު ވެރިކަމަށް އައީ އެމްއެމްޕީއާރުސީގެ ވައްކަން ބަލައި ގެއްލުނު ރުފިޔާ ހޯދާނެ ކަމުގެ ވައުދާ އެކުއެވެ. އެކަން ހާސިލް ކުރުމަށް ހެދި ކޮމިޝަން ބޮޑު މަސައްކަތެއް ނުކުރެވި ވަނީ އުވާލާފައެވެ.

Ads by Ooredoo
  1. އައިސަ

    ތިމައްސަލަ ބެލޭނީ ކޮންގޮތަކުން މައްސަލަބަލަންއައިމީުންވަނީ ތިކަމުގަ