ޚަބަރު ސަރުކާރު

ސިންގަޕޫރުގައި ހުންނަވާ ސަފީރަކަށް ތަސްމީން އައްޔަންކުރައްވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ސަފީރުކަމުގެ މަޤާމަށް ތަސްމީން ޢައްޔަން ކުރައްވައި, އޭނާއަށް ސަފީރުކަމުގެ ފަތްކޮޅު ދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޑީއާރްޕީގެ ކުރީގެ ލީޑަރު އަޙްމަދު ތަސްމީން ޢަލީ ޢައްޔަން ކުރައްވައިފިއެވެ.

Ads by MWSC

ސަފީރުކަމުގެ މަޤާމަށް ތަސްމީން ޢައްޔަން ކުރައްވައި, އޭނާއަށް ސަފީރުކަމުގެ ފަތްކޮޅު ދެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ޑީއާރްޕީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު 2013 ގެ ރިޔާސީ އިންތިޚާބުގައި ތަސްމީން ވަނީ އެމްޑީޕީއާއެކު މަސައްކަތް ކުރައްވައިފައެވެ. އެ އިންތިޚާބަށްފަހު އޭނާ ގުޅިވަޑައިގަތީ އެމްޑީޕީއާއެވެ. އޭގެފަހުން އޭނާ ހުންނަވަނީ އެ ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ.

ތަސްމީނަކީ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަޤާމާއި، މިނިސްޓަރ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ މަޤާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރުކަމާއި, މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވައިފައެވެ.

ތަސްމީނަކީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ވޯރިކްއިން އިކޮނޮމިކްސްގެ ދާއިރާއިން ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

  1. ހުސޭނުބެ

    ތަސްމީނު ސަފީރަކަށް ވުމުގެ ކުރިން ދަރަނިތައް ނިންމަން ޖެހޭނެކަން ދަންނާށެވެ. ކަބާލިފަރު ގަތް މީހުނަށް ލިބެންޖެހޭވެސް 5 ވަރަކަށް މިލިޔަން ޑޮލަރު އެބައޮތެވެ.