ޚަބަރު

އެސްއޯއެފް އެކައުންޓް އަންފްރީޒްކުރީ ދައުލަތުގެ ބެލުމުގެ ދަށަށް ފައިސާތައް ނަގާފައި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އެސްއޯއެފްގެ ހިއްސާދާރުން

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރުމަށް ބޭނުންކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓް އަންފްރީޒުކުރީ އެ އެކައުންޓުގައި ހުރި ފައިސާ ސިވިލް ކޯޓުގެ ބެލުމުގެ ދަށަށް ނަގާފައިކަން އެނގިއްޖެއެވެ.

Ads by MWSC

ކުރީ ސަރުކާރުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ލިބުނު ގިނަ ޢަދަދެއްގެ ފައިސާ ޖަމާވި އެސްއޯއެފް އެކައުންޓުން އެހެން މީހުންނަށް އެ ފައިސާ ފޮނުވައި އެކި ބޭނުންތަކަށް ބޭނުންކޮށްފައިވެއެވެ.

ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅިގެން އެސްއޯއެފް ކުންފުނީގެ އެކައުންޓު ފްރީޒްކުރީ 2020 ވަނަ އަހަރު ސިވިލް ކޯޓުން ކުރި އަމުރަކާ ގުޅިގެންނެވެ. ސިވިލް ކޯޓުން އެ އަމުރު ނެރުނީ އެމްއެމްޕީއާރްސީއަށް މީހަކު ދިން 2.5 މިލިއަން ޑޮލަރުގެ ޗެކެއް އެސްއޯއެފް އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި އެ ފައިސާ ހޯދަން ދައުލަތުން ދަޢުވާކޮށް ވަގުތީ އަމުރަކަށް އެދުމުންނެވެ.

އެނގިފައިވާ ގޮތުގައި ސިވިލް ކޯޓުން އަމުރުކުރުމާ ގުޅިގެން އެސްއޯއެފް ކުންފުނީގެ އެކައުންޓް އަންފްރީޒުކުރީ މި މަހުގެ 07 ވަނަ ދުވަހުއެވެ. ''ދެން'' އަށް އެނގިފައިވާ ގޮތުގައި އެކައުންޓް އަންފްރީޒުކުރީ އެ އެކައުންޓުގައި ހުރި ފައިސާ ސިވިލް ކޯޓުގެ ބެލުމުގެ ދަށަށް ނަގާފައެވެ.

އެކައުންޓް އަންފްރީޒް ކުރުމާއެކު, އަލުން ފްރީޒްކުރުމުގެ އަމުރަކަށް އެދެން ކުރަންޖެހޭ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަނުން ފެށިއެވެ.

އެކަމާ ގުޅިގެން ސުވާލު ދެންނެވުމުން އޭސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެސްއޯއެފްގެ ނަމުގައިވާ އެކައުންޓު އަންފްރީޒް ކުރުމާ ގުޅިގެން އެ ކޮމިޝަނުން ބެލި ބެލުމުން އެނގިގެންދިޔައީ އެ އެކައުންޓް އަލުން ފްރީޒްކުރަންޖެހޭ ތަނެއް ނެތް ކަމަށެވެ.

''އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް ނަމުގައިވާ އެކައުންޓު އަންފްރީޒް ކުރުމާ ގުޅިގެން, އޭސީސީން ބެލި ބެލުމުން އެނގިގެންދިޔައީ އެ އެކައުންޓް އަލުން ފްރީޒްކުރަންޖެހޭ ތަނެއް ނެތްކަން. އެކަމާ ގުޅިގެން ކޯޓުންވަނީ މާ ކުރިން ވެސް ގޮތް ނިންމާފަ.''

ސީދާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް ނަމުގައިވާ އެކައުންޓު ފިޔަވައި އެ ކުންފުންޏާ ގުޅޭ އެހެން އެކައުންޓްތައް އަދިވެސް ހުރީ ފްރީޒްކޮށްފައިކަމަށް އޮފިޝަލު ވިދާޅުވިއެވެ.

Ads by HDC
  1. ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރިން އެކަން ހުއްޓީމަ އެކަން ހުއްޓޭނީ، ދައުލަތުގެ ބިމާއި އިމާރާއްތަށް ހުއްޓާ ތިޔަ ކޮރަޕްޝަން ހިންގާ ކޮމިޝަނާއި އެތަކެއް ދައުލަތުގެ މުއައްސަސާތަށް އަމިއްލަ މީހުންގެ ގެޔާއި އިމާރާއްތަށް ބޮޑުއަގުދީފައި ކުއްޔަށް ހިފައިގެން އެއުޅެނީ ކޮންބަޔަކަށް ފައިދާ ހޯދަދޭންތޯ ؟