ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.
ފުލުހުން އެފަދަ އިލްތިމާސެއް ކުރީ, ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި, ވައިގަދަވެ, ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރުމާ ގުޅިގެންނެވެ.
އެ ގޮތުން ފުލުހުން ވަނީ, ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނާއި, މުދާ ނޭރުވުމަށާއި, އުޅަނދުގައި ފުރިހަމަވެފައި ހުންނަންޖެހޭ މުވާސަލާތީ ވަސީލަތްތަކާއި, ލައިފް ޖެކެޓު ހަމައަށް ހުރިތޯއާއި, އެ ތަކެތި ހުރީ ބޭނުންކުރެވޭފަދަ ހާލަތުގައިތޯ ޔަގީންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ހަމައެއާއެކު ކަނޑުދަތުރުފަތުރުގެ ޤާނޫނާއި ަވާއިދުތަކާ އެއްގޮތަށް އަަމަލުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.